ހަބަރު

މައުމޫނާއި ދެ ފަންޑިޔާރުންނަށް އިންސާފެއް ނުލިބޭ: އެމެރިކާ ސަފީރު

Jun 13, 2018
11

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށާއި އުއްތަމަ ފަނޑިިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއަށް ހުކުމް ކުރީ އިންސާފަކުން ނޫން ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ވިދާޅުވެއްޖެ އެވެ.

މައުމޫން އާއި ދެ ފަނޑޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އަތުލް ކޭޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިފާއީ ވަކީލަކަށް ނުވަތަ ހެއްކަކަށް ފުރުސަތު ދިނުމެއް ނެތި އެ ތިން ބޭފުޅުންނަށްގެ މައްޗައް ޝަރީއަތް ހިންގީ ބޭއިންސާފުން ކަމަށާއި އޭގެ ސަބަބުން ކުރެއްވި ހުކުމް ވެސް އިންސާފެއް ނުވާނެ ކަމަށެވެ. ފަނޑިޔާރުން ވެރިކަން ހިންގުމުގެ ބާރު ދެކެ ބިރު ގަންނަ ނަމަ، އިންސާފުވެރި ކަމާއެކު ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި ހުކުމް ކުރެއްވި އިރު ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވާފައިވާ ރައީސް މައުމޫންއާ ދެ ފަނޑިޔާރުންނަށް ދީފައިވާ ދީނީ އަދި ގާނޫނީ ހުރިހާ ހުއްދަތެއް ކުރިމިނަލް ކޯޓުން ބާތިލު ވެސް ކުރެއްވި އެވެ.