ދެ އަހަރު ވަންދެން ހުލެން ލެޕޮޓެގީ ސްޕެއިންގެ ގައުމީ ޓީމުގައި ފައްކާކޮށްފައި އޮތް ފިލޯސަފީއަށް ދެ ދުވަސް ތެރޭ ބަދަލު ނުގެނެވޭނެ ކަމަށް ސްޕެއިންގެ އާ ކޯޗު ފެނާންޑޯ އިއޭރޯ ބުނެފި އެވެ.
ވޯލްޑްކަޕު ފެށެން 29 ގަޑިއރަށް ވެފައި ވަނީ ކޮށް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ ހުލން ލޮޕެޓެގީ މަގާމުން ވަކި ކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރީ، ވޯލްޑްކަޕަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް އިއުލާން ކުރުމުންނެވެ.
ކޯޗު ކަމަށް އައުމާ ހަމައަށް، ސްޕެއިންގެ ފެޑްރޭޝަންގެ ސްޕޯޓިން ޑައިރެކްޓާގެ މާގަމުގައި ހުރި އިއޭރޯ ބުނީ ގައުމީ ޓީމުގައި ލޮޕެޓެގީ ކޮށްފައިވާ މަސައްކަތް އޭނާ ފެނިފައިވާ ކަމަށާއި އެހެންވެ އެ މަސައްކަތުގައި ކުރިއަށް ދާން އެނގެނޭ ކަމަށެވެ.
"އެހެން ހުރިހާ ކޯޗުން ސްޓާފުންނެއްވެސް އެބަތިބި، އަދި އަހަރެންވެސް ވަނީ ޓީމުގެ ގިނަ ޕްރެކްޓިސްތަކެއް ބަލާފައި އެހެންވެ ކުރިއަށްދާންވީ ގޮތް އެނގޭ،" ކުރިން ރެއާލް މެޑްރިޑްގެ ކެޕްޓަންކަން ކޮށް ފަހުން އެ ޓީމުގެ އެސިސްޓެންޓް ކޯޗު ކަންވެސް ކުރި އިއޭރޯ ބުންޏެވެ.
"ކުދިކުދި ބަދަލުތަކެއް ގެންނާނަން، ނަމަވެސް ދެ އަހަރު ވަންދެން ހުލެން [ލޮޕެޓެގީ] ކޮށްފައިވާ މަސައްކަތް ދެ ދުވަހުން ބަދަލެއް ނުގެނެވޭނެ ކުރިއަށް އޮތް މެޗަށް ވީޑިއޯތައް ބަލައި އެނަލިސިސް ކުރަމުން މިގެންދަނީ."
އޭނާ ބުނީ، އޭނާ ކޯޗު ކަމަށް އައުމުން ކުޅުންތެރިން އޭނާ އަށް މަރުހަބާ ކީ ކަމަށާއި ކުޅުންތެރިން ތިބީ ރަޝިއާއަށް ކުރަން އައިސްތިބި މަސައްކަތައް ސަމާލުކަން ދިގެން ކަމަށެވެ.