ވިޔަފާރި

ވެހިކަލް ފީގެ އާމްދަނީ 13 ޕަސެންޓް އިތުރުވެއްޖެ

Jun 14, 2018
2

މި އަހަރުގެ މިހާތަނަށް ވެހިކަލް ފީއިން ލިބުނު އާމްދަނީ 13 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 40 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 35 މިލިއަން ރުފިޔާ އެވެ. މިއީ 13 ޕަސެންޓް އިތުރުވުމެކެވެ. މީގެ ތެރޭގައި މިދިޔަ މަހު 8.7 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ.

މީރާއިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ކަނޑު އުޅަނދުގެ ފީއިން 13 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 12 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ކަނޑު އުޅަނދުގެ ފީއިން ލިބުނީ 1.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ދެ މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެއްގަމު އުޅަނދުގެ ފީއިން ލިބޭ އާމްދަނީ މަތިވަމުންދާއިރު، ރާއްޖެ އެތެރެކުރާ އެއްގަމު އުޅަނދުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އަދި އެއްގަމު އުޅަނދުގެ ބޮޑު ބައެއް ހިއްސާކުރަނީ ސައިކަލް އެވެ.