ވޯލްޑް ކަޕް 2018

މައްސަލަތަކުން ނިކުމެ ސްޕެއިން ފުރަތަމަ މެޗަށް

ވޯލްޑްކަޕު ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އޭރު ކޯޗަކަށް ހުރި، ހުލެން ލޮޕެޓެގީއާ މައްސަލަ ޖެހުނެވެ. އެއީ ވޯލްޑްކަޕަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލު ވާނެ ކަމަށް އޭނާ އިއުލާން ކުރުމުންނެވެ. ޖެހިގެން އައި ދުވަހު އޭނާ ކޯޗު ކަމުން ވަކި ކުރި އެވެ. ސްޕެއިންގެ ޓީމުގައި މައްސަލަ އުފެއްދިއްޖެ ކަމުގެ އަޑުތައް އާންމު ވެއްޖެ އެވެ.

ސްޕެއިން އެފްއޭގެ ސްޕޯޓިން ޑައިރެކްޓާގެ މަގާމުގައި ހުރި، ފެނާންޑޯ އިއޭރީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި އެވެ. އެންމެ ގާތުން އެ މެންޒަރު ބަލަމުން ދިޔައީ މިރޭ ސްޕެއިންއާ ދެކޮޅަށް ނިކުންނަ ޕޯޗުގަލް އެވެ. ކުއްލިއަކަށް ކޯޗު ކަމާ ހަވާލުވާން ޖެހުނަސް ކުޅުންތެރިންގެ އިހުތިރާމު ހޯދަން، އިއޭރޯއަށް ވަރަށް ފަސޭހަވެގެން ދިޔަ އެވެ.

ސްޕެއިން ޓީމްގެ ޕްރޮފައިލް.

އޭނާ އަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަނެވެ. ކުޅުނު އިރުވެސް އޭނާގެ ލީޑާޝިޕް ދަނޑު މަތީގައި މުހިންމު ދައުރެއް އަދާ ކުރެ އެވެ. ކުޅުންތެރިންގެ ލޯބި ހޯދަން އޭނާ އަށް އެހާ ފަސޭހަ ވީވެސް އެހެންވެ އެވެ. އިއޭރޯ އައިސް ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދިނެވެ.

އޭނާ ބުނީ، ކުރީގެ ކޯޗް ހުލެން ލޮޕެޓެގީ ފައްކާކޮށްފައިވާ ޕްލޭނަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

"ސްޕެއިންގެ ހާލަތު ބަދަލެއް ނުވޭ، ހަމަ އެ ޓީމު އެ ރޫހުގައި މިތިބީ، މި ޓީމުގައި ތިބީ މުބާރާތް ކާމިޔާބު ކުރުމަށް އިސްނަގައިގެން ތިބި ކުޅުންތެރިން." އިއޭރޯ ބުނެފައި ވެ އެވެ.

ސްޕެއިންގެ ހާލަތު ބަދަލެއް ނުވޭ، ހަމަ އެ ޓީމު އެ ރޫހުގައި މިތިބީ، މި ޓީމުގައި ތިބީ މުބާރާތް ކާމިޔާބު ކުރުމަށް އިސްނަގައިގެން ތިބި ކުޅުންތެރިން
ފެނާންޑޯ އިއޭރީ - ސްޕޭންގެ ކޯޗް

ޕޯޗްގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް ވެސް ބުނީ، ކުއްލިއަކަށް ސްޕެއިންގެ ކޯޗު ބަދަލު ކުރި ނަމަވެސް އެކަމުން ޕޯޗުގަލްއަށް އެޑްވާންޓޭޖަކަށް ނުވާނެ ކަމަށެވެ. އޭނާ ބުނީ ސްޕެއިންގެ ފަރާތުން އޭނާ އުންމީދު ކުރަނީ ވަރުގަދަ މެޗަކަށް ކަމަށެވެ.

"މިއީ ބޮޑު މެޗަކަށް ވާނެ މޮޅުވާން ބޭނުންވާ ދެ ޓީމު މެޗަށް ނިކުންނާނީ، އަހަރެން އުންމީދު ކުރަނީ އެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މެޗަކަށް، އަހަރެމެންގެ ގާބިލުކަންވެސް އެބަހުރި."

އޭނާ ބުނީ، ޕޯޗުގަލް ވޯލްޑްކަޕަށް އައި ޔޫރޯގައި އެ ޓީމުން އައި ރޫހުގައި ކަމަށާއި އެ ޖޯޝާއި ހިތްވަރު ޓީމުން ފެންނަ ކަމަށެވެ. ޕޯޗްގަލް އާއި ސްޕެއިން މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 11:00 ގަ އެވެ.

ޕޯޗްގަލް ޓީމް ޕްރޮފައިލް.