ލައިފްސްޓައިލް

ލޯބިވެރިޔާ އާއި ވަކިވުމަށްފަހު ދެން އެވަނީ ކިހިނެއްތަ؟

May 27, 2015
1

އެތަށް ދުވަހެއް ވަންދެން އެކީގައި އުޅުނު ބައިވެރިޔާ ވަކިވެގެން ދިޔުމުން ކުރެވޭ އިހްސާސްތަައް ނުދަންނަ މީހެއް ވަރަށް މަދު ވާނެއެވެ. ބައެއް މީހުނަށް ހަޔާތުގައި އެއްފަހަރު ނޫނީ ދެތިން ފަހަރުވެސް މިކަހަލަ ހިތްދަތި ކަމަކާއި ކުރިމަތި ލާން ޖެހިފާވާނެ އެވެ. އެންމެ އެކަށީގެންވާ މީހާ ކަމަށް ހީކޮށް ކުރިހާ ފޮނި އުއްމީދުތަކާއި ބަލާ ފޮނި ހުވަފެންތައް އޮޔާ ދިޔުމުން ހިތަށް ކުރާނެ އަސަރެއް ބުނެދޭކަށްވެސް ނޭނގޭނެއެވެ.

އެދުވަސް ކޮޅުގާ ބައިވެރިޔާ އާއި ވަކިވެގެން ދާން ޖެހުނީ ކީއްވެގެންތޯ ނޫނީ ބައިވެރިޔާ އަހަރެން ދޫކޮށްލާފައި ދިޔައީ ކީއްވެތޯ ހިތާހިތުން ސުވާލު ކުރެވެއެވެ. އަމިއްލަ މީހާއަށް ކުރެވެނީ ކޮންކަހަލަ ކުށެއްތޯ ސުވާލު ކުރެވެއެވެ. އޭނާ އަށް އަހަރެންނަށް ވުރެ ކަމުދާ މީހަކު ހުރީ ބާވައެވެ. ނޫނީ ދެމީހުންނަށް މާބޮޑަށް ފަރުވާ ކުޑަ ކުރެވެނީ ބާވަައެވެ.

ގިނަ ފަހަރަށް، ބައިވެރިޔާ ދޫކޮށްލާފައި ދިޔުމުން ހަޔާތުގެ އެހެން ކަމަކާއި ދޭތެރޭ ނުވިސްނި، މުޅި މީހާ މާޔޫސް ކަން މައްޗަށް ވެއްޓިގެން ދެއެވެ. އެހާ މަސައްކަތުން އެހާ ގިނަ ދުވަހަށް އެކީގައި ދެމީހުން އުޅެފައި ދުރުވާން ޖެހުމުން އެހެން މީހަކާއި އެއްކޮށް ޒަވާޖީ ހަޔާތެއް ފަށާކަށް ހިތަކަށްވެސް ނާރައެވެ. އިރުއިރު ކޮޅާ އޭނާއާއި އެއްކޮށް ހޭދަކޮށްފައި ހުރި ވަގުތުތައް ސިކުނޑިތެރޭގައި ކުޅެލަކުޅެލާ ހުރެއެވެ. އޭނާލާ ހެދުންތަކާއި، ކަައިރިވީމަ ދުވާ މީރު ސެންޓު ވަހާއި، ވާހަކަ ދައްކާ ގޮތް ހިތަށް އަންނަން ފެށުނީމަ އަނެއްކާވެސް އޭނާ އާއި އެއްކޮށް އުޅެން ފެށީހެން ހީވާ ކަަހަލައެވެ.

މިހާރަކަށް އައިސް އެންމެ ހިތްދަތިވަނީ އޮންލައިން ވެލާއިރު ފޭސްބުކުން ރިމޫވް ކޮށްފަ އިންނަތަން ފެނުނީމައެވެ. ބަލާލާއިރު އެކުގައި ނަގާފަ ހުރި ފޮޓޯ ތަކެއް ހުންނަނީ ޑިލީޓް ކޮށްފައެވެ. ދުވަސްކޮޅަކުން ފެންނާނީ އެހެން މީހަކާއި އެއްކޮށް ފޮޓޯ ނަގާފަ ލާފަ ހުންނަ މަންޒަރެވެ.

ބައެއް މީހުންނަކީ ހުރިހާ ކަމެއް އެނގުމަށްފަހު ދެން ހުއްޓާލާ ބައެކެވެ. އޭނާއެ ދިޔައީ ނޫން ހެއްޔެވެ. ދެން އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. އެކަމަކު ގިނަ ބަޔަކަށް ދެން ފެށޭނީ ހޭވުމެވެ. ފޭސްބުކާއި، ޓްވިޓާ އެހެންނޫނީ އިންސްޓަގްރާމް، ނޫނީ ގޫގުލްގައިވެސް ޖަހައިގެން އޭނާ "ސްޓޯކް" ކުރެވޭތޯއެވެ. އޭނާ އާއި އޭނާއާ އެއްކޮށް ފޮޓޯ ނަގާފަ ހުންނަ މީހަކާއި، އެފޮޓޯ 'ލައިކް' ކުރާ މީހުންނާ، އެމީހުންގެ މީހުންވެސް މެއެވެ.

އަދިވެސް ހަގީގަތެއް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ވަގުތީ ގޮތުން އޭނާ ދިޔައީ ކަމަށޭ ވާނީ، ނޫނީ އަހަރެން މަތިން ހަނދާން ނައްތާލަން އެހެން މީހަކާއި ރައްޓެހިވެގެން އުޅޭ ކަމަށް ހެދިގެން އުޅެނީއެވެ. ހަގީގަތުގައި ލޯބިވަނީ އަހަރެން ދެކެއޭ އަމިއްލަ މީހާ ކައިރީ ބުނެވެއެވެ. އެހެންނޫނީ ހަމަ އަހަރެން ހަސަދަ ކުރަން ފޮޓޯ ނަގާފަ ލަނީއެެވެ. އެއްގޮތަކަށްވެސް ތެދު ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ހަމަ އޭނާ އާްއި ނުލާ އުޅެން ބޭނުން ނުވަނީއެވެ.

އެންމެ ފަހުން ކަމުގެ ހަގީގަތުގެ މިންވަރު އެނގެނ ފެށުމުން ދެން އަންނަނީ ރުޅިއެވެ. އޭނާ ކޮށްފާ ހުރި ހުރިހާ ރަނގަޅު ކަމެއްވެސް ވާނީ ގޯހަކަށެވެ. ނިދަން އޮންނައިރު އެ ޖެހި ގުގުރާއި، މިދިޔަ އަހަރު ނޫން އޭގެ ކުރީ އަހަރު މަންމަގެ އުފަންދުވަސް ހަނދާން ނައްތާލިކަމެވެ. މިރުޅީގައި ހުރެ އަމިއްލަ މީހާއަށް ބުނެވޭ ކަހަލައެވެ. ހަޔާތް އިތުރަށް ބަރުބާދު ނުކޮށް ކުރިޔަށް ދާން ބޭނުމެވެ. އޭނާއާއި ހެދި އެތައް އަހަރެއް ވަންދެން ކުރަން ބޭނުންވެފަ އެހެންނަމަވެސް ނުކުރެވިފަ ހުންނަ ކަންތައްތަކެއް ކުރަން ބޭނުން ވެއެވެ. ނަމަވެސް ކިތއްމެ ބިޒީ ކޮށް ހުއްޓަސް އޭނާގެ ހަނދާންތަައް ދޭތެރެ ދޭތެރެއިން ސިކުނޑިއަށް ލައްގާލައެވެ. މިކަން އިހުސާސް ވުމުން އަދިވެސް އޭނާދެކެ ހަގީގަތުގަ ނަފްރަތެެއް ނުވެވޭކަން އިނގެއެެވެ. މިދުވަސް ކޮޅުގާ ޑިޕްރެޝްންއަށް ދިޔުމަކީ އާންމު ކަމެކެވެ. އެއްވެސް މީހަކާއި ބައްދަލު ކުރާ ހިތެއް ނުވާނެއެވެ. ގިނަ ފަހަރަށް މީހަކު ގުޅައިފިއްޔާ އަޅާނުލާ ބާއްވްނީއެވެ. ލޯބީގެ ފިލްމުތަކާްއި ޕިއްޒާ ފޮށިގަނޑު ތަކެއް ގޭތެރޭގައި ގިނަ ވާން ފަށައެވެ.

އެންމެފަހުން ދުވަސްތަކެއް ހަފްތާއަށް ބަދަލުވެ، ހަފްތާތައް މަސްތަކަށް ބަދަލުވެއެވެ. މަޑުމަޑުން ހަމައަކަށް އެޅި، ލިބިފައި ހުންނަ މެސެޖްތަކަށް ޖަވާބު ދެވި، ބަައްދަލުނުވެ ތިބި އެކުވެރިންނާ އެކު ތަންތަނަށް ދެވެން ފެށެއެވެ. މީގެ 3 މަސް ކުރިން މިހިސާބަށްވެސް އާދެވޭނެ ކަމުގެ އެއްވެސް އުައްމީދެއް ނެތެވެ. މިހާރު އޭނާއާއި ދުރަށް ދެވުނުކަން އެއީ ނަސީބެއް ކަމާއި އާފުރުސަތެއް ކަމަށް ގަބޫލު ކުރެވެން ފެށެއެވެ. ދިރިއުޅުމާ ދޭތެރޭ ހިތްހަމަޖެހި އުފާވާން ފެށެއެވެ.

ވަގުތާއި އެކު ހުރިހާ ޒަހަމްތައް ރަނގަޅުވެޔޭ ބުނެ އުޅޭ ނޫން ހެއްޔެވެ. މިއީ ތެދެއް ނޫނެވެ. ހަގީގަތަކީ ވަގުތާއި އެއްކޮށް ހަޔާތުގެ ޒަހަމްތަައް މަޑުމަޑުން މައިތިރިވަނީއެވެ. މިހާރުވެސް އެކަމެއް މަތިން ހަނދާން ވެއްޖެނަމަ ދެރަވާނެއެވެ. ނަމަވެސް މިހާރު އަމިއްލަ މީހާއަށް އެހެން މީހެއްގެ އެހީއަކާ ނުލާ އިމޯޝަންސް ތަކެއް ކޮންޓްރޯލް ކުރެވެއެވެ. އަމިއްލަ މީހާ ވަރުގަދަ ވުމަށް ވުރެ ދިރިއުޅުމުގައި މުހިންމީ އިތުރު ކޮން އެއްޗެއް ހެއްޔެވެ؟

އެބައިވެރިޔާގެ މަތިން އަބަދުވެސް ހަނދާން ހުންނާނެއެވެ. ގަބޫލު ކުރަންވީ، އެމީހާއަކީ އަހަރުމެންގެ ހަޔާތަށް ފިލާވަޅެއްގެ ގޮތުގައި އައިސްފައިވާ މީހެއްކަމެވެ. އަހަރުމެންގެ ކެތްތެރިކަމާއި އަމިއްލަ މީހާގެ ޓެސްޓެއްގެ ގޮތުގަައި އައިސްފައިވާ މީހެއް ކަމުގައެވެ. އެމީހަކާއި ހެދި މިހާރު އަހަރުމެންގެ ހަޔާތް އެންމެ ރަނގަޅު ގޮތުގައި އުޅެން ދަސްވެ، އަމިއްލަ މީހާ އަށް އިތުބާރު ކުރެވެން އެހީވެދިން މީހެއްގެ ގޮތުގައެވެ.