ކުޅިވަރު

ޕޯޗްގަލް އާއި ސްޕޭން ހަމަހަމަ، ރޮނާލްޑޯ ހެޓްރިކް

Jun 16, 2018

ވޯލްޑް ކަޕް، ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ވަރުގަދަ ދެ ޓީމް، ސްޕެން އާއި ޕޯޗްގަލް މިރޭ ބައްދަލު ކުރި މެޗް ގައި 3-3 އިން ދެ ގައުމު ހަމަހަމަ ވެއްޖެ އެވެ. ފޯރި ގަދަ މި މެޗްގައި ސްޕެއިނަށް ލަނޑުތައް ޖަހައިދީފައި ވަނީ ދެ ލަނޑު ޖަހައިދިން ޑިއެގޯ ކޯސްޓާ އާއި ނަޗޯ އެވެ. ޕޯޗްގަލްގެ ތިން ލަނޑުވެސް ޖަަހައި މި ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހެދީ ކްރިސްޓިއާނާ ރޮނާލްޑޯ އެވެ. އޭނާ ވަނީ އެނާގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާ ހައިރާން ކޮށްލާފަ އެވެ.

މި މެޗްގައި ސްޕޭނުން ޕޮއިންޓެއް ހޯދީ ފަހު ވަގުތު މަގާމުން ކޯޗް ވަކިކުރަން ޖެހުމުގެ ސަބަބުން ޓީމަށް ނަފުސާނީ ގޮތުން ބޮޑު ބަލިކަށި ކަމެއް އައިސް އޮއްވަ އެވެ. މި ނަތީޖާއާއެކު އިތުރު މައްސަލަތައް ސްޕެއިންނަށް ނުކުތުމަކީ ކައިރި ކަމެކެވެ.

މި ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖެހީ ވެސް ޕޯޗްގަލް އެވެ. އެ ލަނޑު ރޮނާލްޑޯ ޖެހީ އޭނާއަށް ކުރި ފައުލެއްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

އޭގެ ފަހުން ޑިއެގޯ ކޯސްޓާ ނަތީޖާ ހަމަކޮށްދީފައި ވަނިކޮށް ޕޯޗްގަލް އަލުން ލީޑް ނެގީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑޯ ޖަހައިދިން ލަނޑުންނެވެ. މި ލަނޑު ވަނީ ސްޕޭންގެ ކީޕަރު ޑިހެއާއަށް ހެދުނު ވަރަށް ބޮޑު ގޯހެއްގެ ސަބަބުންނެވެ. ނަމަވެސް ފަހު ހާފުގައި ސްޕޭނުން ވަނީ ފަހަތުން އަރައި އިތުރު ދެ ލަނޑު ޖަހައި ކުރި ހޯދައި ޓީމް ހަމައަކަށް އަޅުވާފަ އެވެ.

ދެ ގައުމު ހަމަހަމަވެ ޕޮއިންޓަކުން ފުއްދާލަން ޖެހުނީ މެޗްގެ ފަހު ވަގުތުގައި ލިބުނު ހިލޭ ޖެހުމެއްގައި ރޮނާލްޑޯ ޖަހައިދިން ލަނޑުންނެވެ. އޭނާގެ ޖެހުން ހުއްޓުވަން ޑިހެއާއަށް ވެސް އެެހެން ކުޅުންތެރިންނަށް ވެސް އެއްވެސް ކަމެއް ނުކުރެވި ބަލަން ތިބީ އެވެ. މިރޭ ރޮނާލްޑޯ ހެޓްރިކް ހެދުމުން އެކަން ވެފައި ވަނީ ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ދުވަސްވީ ކުޅުންތެރިޔާ ހެދި ހެޓްރިކްގެ ރިކޯޑަށެވެ.

ވޯލްޑް ކަޕްގައި މާދަމާ ހަތަރު މެޗް ކުޅޭނެ އެވެ.

މާދަމާ ކުޅޭ މެޗްތައް:

ފްރާންސް | އޮސްޓްރޭލިޔާ - 15:00
އާޖެންޓީނާ | އައިސްލޭންޑް - 18:00
ޑެންމާކް | ޕެރޫ - 21:00