ކުޅިވަރު

ދަނޑަށް ދިރޭ ކުކުޅު ގެންދިއުން ނައިޖީރިއާއަށް މަނާކޮށްފި

ވޯލްޑްކަޕުގައި ވާދަ ކުރާ ޓީމުތަކަށް ސަޕޯޓް ކުރުމުގައި، އެ ގައުމަކަށް ނިސްބަތްވާ ސަޕޯޓަރުން ތަފާތު ހަރަކާތްތައް ހިންގަ އެވެ. ނައިޖީރިއާގެ ސަޕޯޓަރުންނަކީ އަބަދުވެސް ތަފާތު އެކި ސްޓައިލްގައި ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަންނަ ބައެކެވެ.

ނައިޖީރިއާގެ އޮންނަ ސަގާފަތުގެ ތެރެއިން، އެގައުމުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ދިރޭ ކުކުޅަކީ ނަސީބު އެހީވާ އެއްޗެކެވެ. އެހެންވެ، ނައިޖީރިއާގެ ސަޕޯޓަރުން ތިބީ މިރޭ ކޮރޭޝިއާ އާދެކޮޅަށް ކުޅޭ މެޗަށް ދިރޭ ކުކުޅު ސްޓޭޑިއަމަށް ވެއްދުމަށެވެ.

ރަޝިއާގެ ކަލިނިންގްރާޑްގެ ސްޓޭޑިއަމަށް އެފަދަ އެއްޗެއް ނުވެއްދުމަށް، އެ ސިޓީ ޓްއަރިޒަމް މިނިސްޓަރު އެންޑްރޭ ޔާމެކް ވަނީ ނައިޖީރީއަށް އަންގާފަ އެވެ.

"އަހަރެމެން މިހާރުވެސް ސަޕޯޓަރުންނަށް އަންގާފަ ވާނީ ދިރޭ ކުކުޅު ހިފައިގެން ސްޓޭޑިއަމަށް ނުވަނުމަށް." އޭނާ ބުންޏެވެ.

މިއީ ދަނޑަށް ދިޜޭ ކުކުޅު ވެއްދުން މަނާ ކުރި ފުރަތަމަ ފަހރެއް ނޫނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އހަރު ބޭއްވި ވޯލްޑްކަޕަށް ވެސް ދިރޭ ކުކުޅު ދަނޑަށް ނުވެދުމަށް އެންގި އެވެ.