ވިޔަފާރި

ޗެލްސީގެ ކުރީގެ ތަރި ޖޯން ޓެރީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

Jun 16, 2018

އިނގިރޭސި ޕްރިމިއަ ލީގްގެ އެންމެ މަޝްހޫރޫ އެއް ޓީމް ކަމަށްވާ ޗެލްސީގެ ކުރީގެ ތަރި ޖޯން ޓެރި އާއިލާއާއެކު ރާއްޖޭގައި ދިގު ޗުއްޓީއެއް ހޭދަކޮށްފި އެވެ.

ސެލެބްރިޓީން އާއި ތަރިންގެ ހަބަރުތައް ގެނެސްދޭ ދަ ސަންގައިވާ ގޮތުން 37 އަހަރުގެ ޖޯން ޓެރީ އާއި އޭނާގެ އަންހެނުން 36 އަހަރުގެ ޓޯނީ އަދި ދަރިފުޅު ޖޯޖިއާ ވަނީ ރާއްޖޭގައި ހިތްހަމަ ޖެހޭ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ބާވީސް އަހަރު ޗެލްސީ އަށް ކުޅުނު ތަރި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ކޮކޯޕްރައިވެޓް އައިލެންޑުގަ އެވެ. މިހާރު އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ އެސްޓަން ވިލާއަށް ގުޅެމުން ގެންދާ ތަރި އާއިލާއާއެކު ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއަށް ރެއަކަށް 35،000 ޕައުންޑް (ގާތްގަނޑަކަށް 695،738ރ.) ހޭދަކޮށްފައިވާ ކަމަށް ނޫސްތައް ބުނެ އެވެ. ޓެރީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރުމަށް ކޮކޯ ޕްރައިވެޓް އައިލެންޑުގައި އޭނާ އާއި އާއިލާއަށް ހާއްސަކޮށް ޝެފަކާއި ސްޕާ ތެރެޕިސްޓެއް ހާއްސަކޮށްފައިވެ އެވެ.

ޓެރީ އާއި އަންހެނުން ރާއްޖެއަށް އައީ ކައިވެނީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށެވެ.

ޓެރީ އަކީ ޗެލްސީގެ ސީނިއަ ޓީމަށް 1998 ވަނަ އަހަރުން ފެށިގެން ކުޅެން ފެށި ތަރި އެކެވެ. އޭނާ އެ ކްލަބަށް 713 މެޗު ކުޅެދީފައިވެ އެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ޓެރީ ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި ރާއްޖެއަކީ ފުޅުބޯޅަ ތަރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.