ވިޔަފާރި

އުރީދޫ މަސްރޭހުން މަލަހިނި ޓީމަށް ތިން ލައްކަ ރުފިޔާ

Jun 17, 2018

މަލަހިނި ޓީމް އުރީދޫ މަސްރޭސް ކާމިޔާބުކޮށް، 300،000 ރުފިޔާގެ ގެ އިނާމު ހޯދައިފި އެވެ.

‎ރާއްޖޭ ގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި ވާދަކޮށް، ޓީމް މަލަހިނި އިން މުބާރާތް ކާމިޔާބު ކުރުމާއެކެު، އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމަށް ލިބިފައިވާ އިނާމު ތަކުގެ ތެރޭގައި، 175،000 ރުފިޔާގެ ގެ މަހަށްދާ ލޯންޗަކާއި 150،000ރފ. އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވާގެ އިންޖީނެެއް ހިމެނެ އެވެ.

އުރީދޫ މަސްރޭހުގެ އެންމެ "ތަފާތު މާކެޔޮޅު"ގެ އިނާމު ލިބިފައިވަނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނަ އެއް ބޭނި، ޓީމް މި ލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އަދި، އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ، 10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ މުހައްމަދު އެވެ. މި މީހުންނަށްވެސް ވަނީ 5000 ރފ.ގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

އުރީދޫގެ އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ މި އަހަރުގެ މަޝްރޭސް ދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.

މިއަހަރުގެ އުރީދޫ މަސްރޭހުގައި ފަޙުރުވެރި ވަނަތަކެއް ހޯއްދެވި އެންމެހާ ބޭފުޅުންނަށް މަރުޙަބާ! ރާއްޖޭގެ އެކިކަންކޮޅުތަކުން މި ބައިވެރިވި އެކި ޓީމްތަކާއި އެކު މިފަަހަރުގެ މަސްރޭސް ވެގެން ދިޔައީ ވަރަށް މަޖާ އަދި ފޯރިގަދަ މުބާރަތަކަށް، އަދި އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ މުބާރާތުގައިވެސް މި ޓީމްތަށް ފެނިގެންދިއުން. މި ފުރުސަތުގައި، އުރީދޫ މަސްރޭސް މިހާ ކާމިޔާބުކޮށް ބޭއްވުމަށް އަޅުގަނޑުމެންނަށް އެހީތެރިވި އެންމެހާ ބެފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މަސް ރޭސް މިއަހަރު ބާއްވާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.