ފާރިސް މައުމޫން

ފާރިސްގެ ޝަރީއަތެއް މާދަމާ ބާއްވަނީ

Jun 17, 2018

ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރާ ޝަހްސް އޮޅުވައިލުމުގެ ދައުވާގެ ޝަރީއަތުގެ މާދަމާ އޮންނާނެ އެވެ. ޝަރީއަތުގެ އެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:00 އަށެވެ.

ޝަހުސު އޮޅުވާލުމުގެ މި ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ހުއްދަ އާއި ނުލައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެނެވެ.މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

މި ދައުވާގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާވެސް ފާރިސްގެ މައްޗަށް ވަނީ އުފުލާފަ އެވެ.