ކުޅިވަރު

ސްވިޒެލެންޑާ ދެކޮޅަށް ނޭމާ ނުފެނިދާނެ!

ވޯލްޑްކަޕުގައި ސްވިޒެލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި، ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބްރެިލްގެ ކޯޗް އެޑާނޯ ލިއަނާޑޯ ބައްކީ (ޓިޓޭ) ބުނެފި އެވެ.

ޓިޓޭ ބުނީ، ނޭމާ އަދި ވެސް 100 ޕަސްންޓް ފިޓް ނޫން ކަމަށެވެ. ނޭމާ އަށް އަނިޔާވީ މިދިޔަ ފެބްރުއަރީގައި ޕީއެސްޖީގެ ލީގް މެޗެއްގައެވެ.

"ނޭމާ 100 ޕަސަންޓް ފިޓެއް ނޫން، ނަމަވެސް ފިޒިކަލި އޭނާ ރަނގަޅު، އޭނާ އަންނަނީ ފިޒިކަލީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އެއީ އަހަރެމެންނަށް އޮތް ހިތް ހަމަޖެހުމެއް،" ޓީޓޭ ބުންޏެވެ. "ނަމަވެސް މެޗު ކުޅެވޭ ވަރަށް އޭނާ ފިޓެއް ނޫން، އަހަރެން އުންމީދު ކުރަނީ އޭނާގެ އެންމެ ވަރުގަދަ ކުޅުން މި ވޯލްޑްކަޕުގައި ފެންނާނެ ކަމަށް."

ޓިޓޭ ބުނީ ބްރެޒިލްގެ ސްކޮޑް ވަރަށް ވާދެވެރި ކަމަށާއި ވޯލްޑްކަޕު ކާމިޔާބު ކުރުމުގެ ފޭވަރިޓް ޓީމަކަށް އޭނާގެ ޓީމު ވާނެ ކަމަށެވެ.

ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނީ، އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި ކުރިމަތިވި ހިތްދަތި ހަނދާންތައް މިހާރު ފިލައިގެން ހިނގައްޖެ ކަމަށެވެ.