ކުޅިވަރު

ކީޕަރުންނަށް ފާޑުކިޔާތީ ދިފާއުގައި ކޯޓްއާ ނިކުމެއްޖެ

ވޯލްޑްކަޕުގައި ކީޕަރުންނަށް ހެދޭ ގޯސްތަކާ ބެހޭގޮތުން، ފާޑު ކިޔާތީ ކީޕަރުންގެ ދިފާއުގައި ބެލްޖިއަމްގެ ކީޕަރު ތައިބަޓް ކޯޓްއާ ވާހަކަ
ދައްކައިފި އެވެ.

ޕޯޗްގަލް އާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި، ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާއަށް ހެދުނު ގޯސްތަކުން، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. އެ މެޗުގައި، ރޮނާލްޑޯގެ ދެ ވަނަ ލަނޑު ޖެހީ ކޯޓްއާ އަށް ހެދުނު ބޮޑު ގޯހަކުންނެވެ.

ޑެހެއާ އަށް ހެދުނު ގޯސްތަކާ ބެހޭގޮތުން، ސުވާލު ކުރުމުން ޗެލްސީގެ އެއް ވަނަ ކީޕަރު ބުނީ، ކީޕަރުންނަކީ ގޯސް ހެދޭ ބައެއް ކަމަށެވެ.

"ކީޕަރުންނަށް ފަޑު ކިޔާ މީހުންނަށް ހީވަނީ އަހަރެމެންނަކީ [ކީޕަރުން] ދުވަހަކުވެސް ކުށް ނުކުރެވޭ ބައެއް، އަހަރެމެންނަކީވެސް ކުށް ކުރެވޭ ބައެއް އަހަރެމެންނަށް ގޯސް ހެދޭނެ،" އެތުލެޓިކޯ މެޑްރިޑް 2014 ވަނަ ސްޕެނިޝް ލީގް ހޯދިއިރު އެ ޓީމުގައިވެސް މޮޅު ކުޅުމެއް ދެއްކި ކީޕަރު ބުންޏެވެ. "ކީޕަރުންނަށް ހެދޭ ގޯސްތަކުންވެސް ގޯލް ވަންނާނެ."