ކުޅިވަރު

ފަހު ވަގުތު ކޭން އިންގްލެންޑް މޮޅުކޮށްދީފި

ޓިއުނީޝިއާ އަތުން އެއްވަރު ވާން ދަނިކޮށް، ހެރީ ކޭން ފަހު ވަގުތު ކާމިޔާބު ކުރި ލަނޑާއެކު އިންގްލެންޑުން ޓިއުނީޝިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފި އެވެ.

އިންގިރޭސިން މެޗު ފެށީ، ތަފާތު ރޫހެއްގައި މެޗުގެ ފުރަތަމަ ކޮޅުވެސް ޓިޔުނީޝިއާގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. ފުރަތަމަ ހާފުގައި ޓިޔުނީޝިއާއަށް ނުރައްކާވީ އިނގިރޭސިން ނެގި ހުރަސްތަކުންނެވެ.

އިނގިރޭސިންގެ ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެޕްޓަން ހެރީ ކޭން އެވެ، އެޝްލީ ޔަންގް ނެގި ކޯނަރު ތަނަވަސްވި ބޯޅަ ޖޯން ސްޓޯން ބޮލުންޖަހައި ގޯލައާ ދިމާލަށް ފޮނުވާލި އެވެ. އެ ބޯޅަ ހުށިޔާރު ކަމާއެކު ޓިޔުނިޝިއާގެ ކީޕަރު މޮއީޒް ހަސަން ދިފާއު ކުރިވެސް މެއެވެ. ނަމަވެސް އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސް ވެގެން ގޯލް ކުރިމައްޗަށް ވެއްޓުމުން ކޭން ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އެ ބޯޅައަށް ކީޕަރު މޮއީޒް ހަސަން މަސައްކަތް ކުރިއިރުވެސް އޭނާގެ ކޮނޑަށް ވަނި ތަދެއް އަރާފަ އެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި އިންގެލެންޑްގެ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކަށް ޖެސީ ލިންގާޑް އެރުމުން، ލިންގާޑް ހުއްޓުވުމަށްޓަކައި ކީޕަރު ހަސަން ކުރިއަށް ނިކުތެވެ. ހަސަން، ލިންގާޑްއަށް ކުރި ޗެލެންޖުގައި ހަސަން އަށް އަނިޔާވުމުން ދަނޑުމަތީގައި އޭނާ އަށް ފަރުވާ ދޭން ޖެހުނެވެ. އޭނާއަށް ފަރުވާން ދޭން ޖެހުނު ހިސާބުން ބަދަލު ކީޕަރު ފާރޫކް ބެން މުސްތޮފާ ދިޔައީ ވޯމްއަޕް ކުރަމުންނެވެ. ހަސަން ބަދަލު ކުރަން ޖެހޭތޯ ޓީއުނީޝީއާގެ މެޑިކަލް އޮފިސަރުން އޭނާ ގާތުގައި އެހުމުންވެސް އޭނާ ނިންމީ ކުޅުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އޭގެ 10 މިނެޓް ފަހުން އޭނާ ބަދަލު ކުރަން ޖެހުނެވެ.

ޓިޔުނީޝިއާއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ޓިޔުނީޝިއާއިން އުފެއްދި ހަމަލާއަކަށް އެޓީމުގެ ފަރުހުއްދީން ބެން ޔޫސުފް އަރުމުން، އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯލްކާ އޭނާގެ މޫނުގައި އަތުން ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ޓިއުނީޝިއާގެ ޕެނަލްޓީ ކާމިޔާބު ކުރީ، ފެޖާނީ ސާސީ އެވެ.

ދެ ވަނަ ހާފުގައި، ޓިއުނީޝިއާއިން މުޅިން ގެނައީ ޑިފެންސިވް ބަދަލު ތަކެވެ. އިންގެލެންޑު އޮފެންސިވް ބަދަލުތައް ގެނައި ނަމަވެސް ޓިޔުނީޝިއާ ޑިފެންސިވް ބަދަލު ތަކުން އިންގެލެންޑަށް ޓިޔުނީޝިއާގެ ގޯލް ފޫއަޅުވާލަން އުނދަގޫވި އެވެ.

އިނގިރޭސި އެޓޭކިން ފޯސް، ޓިޔުނީޝިއާގެ ފަހަތަށް ބާރު ބޯޑު ކުރަމުން ދިޔަ އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ލިންގާޑް ވަނީ ތިރިން ރަނގަޅު ބޯޅައެއް ޓިޔުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދީފަ އެވެ. ނަމަވެސް އެބޯޅަ އެންމެ ރަނގަޅަށް ޖެހެން އޮތް މާކޯސް ރަޝްފާޑަށް އެ ބޯޅައިގައި ޖެހޭ ގޮތެއް ނުވި އެވެ.

އިންގެލެންޑް މޮޅުވި ލަނޑު، ހެރީ ކޭން ކާމިޔާބު ކުރީ، ނެގި ކޯނަރަކުން ތަނަވަސް ވި ބޯޅައިން ގޯލް ކުރިމަތީގައި ހުރެ ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.