ވިޔަފާރި

ފޯސީޒަން ކުޑަ ހުރާގައި އިތުރު ވޯޓާ ވިލާ ސުއިޓްތަކެއް ހަދައިފި

Jun 19, 2018

މާލެ އަތޮޅުގައި ހިންގާ، ފޯސީޒަން ކުޑަހުރާ ރިސޯޓުގައި އިތުރު ވޯޓާ ވިލާ ސުއިޓްތަކެއް ހަދައި ހުޅުވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ، ޓްރެވަލް ޕްލަސްއިން ބުނީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ މި ސްއިޓްސްތައް ހަދާފައިވަނީ ޖާގަ ބޮޑުކޮށެވެ. މީގެ ސްއިޓެއްގައި 800 އަކަމީޓަރު ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

ފޯސީޒަން އިން މިތަން ފަރުމާކޮށްފައިވަނީ އިންފިނިޓީ ސުވިމިން ޕޫލްވެސް ހިމަނައިގެންނެވެ. މިގޮތުން މިތަނުގައި އިންފިނިޓީ ސުވިމިން ޕްލޫލް ހިމެނޭ ސުއިޓެއްވެސް ހިމެނެ އެވެ. މިތަން ފަރުމާ ކުރުމުގެ ދުވަސްވީ މީހުންނާއި އާއިލާތަކަށް އަދި ރަހުމަތްތެރިންނަށް ހާއްސަކޮށް ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ފޯސީޒަން ކުޑަ ހުރާގައި މިހާރު ވެސް 38 ވޯޓާ ބަންގަލޯ ހުރެ އެވެ.