ވިޔަފާރި

މިދިޔަ މަހުވެސް ޓޫރިޒަމަށް ދަށްވުމެއް

Jun 19, 2018
1

މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 0.6 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 92,913 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި އައި 93,491 މީހުންނާ އަޅާބަލާއިރު 0.6 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު ޗައިނާއިން އައިސްފައިވަނީ 16،927 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު 23،225 މީހުން އައިސްފައިވެ އެވެ. މިއީ 27.1 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް ޔޫރަޕުގެ ގިނަ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރު ވެފަ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހުވެސް ޓޫރިސްޓުން އައި މިންވަރު ވަނީ ދަށްވެފަ އެވެ. އެޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 119,713 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 119,774 މީހުންނާ އަޅާ ބަލާއިރު 0.1 ޕަސެންޓް ދަށްވުމެކެވެ.