ކުޅިވަރު

ސުއަރޭޒް 100 ވަނަ މެޗަށް، ސަޕޯޓަރުން ހިތްހަމައެއް ނުޖެހޭ

ވޯލްޑްކަޕު ފުރަތަމަ މެޗުގައި މިސްރާ ދެކޮޅަށް އުރުގުއޭ ކުޅުނު މެޗުގައި، ޓީމުގެ ތަރި ލުއިސް ސުއަރޭޒަށް ލިބުނު ފުރުސަތު ބޭނުން ނުކުރެވުމުން އޭނާއަށް ކުރިމަތިވާ ފާޑު ކިޔުންތަކަށް އުރުގުއޭގެ ކޯޗް އޮސްކާ ޓަބަރޭޒް ޖަވާބު ދިފި އެވެ.

އޭނާ ބުނީ ސުއަރޭޒްއާ މެދު ކެތްތެރިވާން ޖެހޭ ކަމަށާއި އޭނާއަށް ބޭނުން ވަނީ ސަޕޯޓަރުންގެ އެހީތެރިކަން ކަމަށެވެ. ޓަބަރޭޒް ބުނީ ސުއަރޭޒަކީ ރޮބަޓެއް ނޫން ކަމަށާއި އޭނާއަށް ވަގުތު ބޭނުން ވާނެ ކަމަށެވެ.

މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ސުއަރޭޒް ގައުމީ ޓީމަށް ކުޅޭ 100 ވަނަ މެޗެވެ. ޓަބަރޭޒް ބުނީ މިއަދު ސައުދީއާ ދެކޮޅަށް ކުޅޭ މެޗުގައި ސުއަރޭޒް ތަފާތު ދައްކާނެ ކަމަށެވެ. އޭނާ ބުނީ ޕެލޭ އާއި ޑިއޭގޯ މެރަޑޯނާ އާއި ލިއޮނަލް މެސީއަށް ވެސް އެންމެ ރަނގަޅު ނޫން ދުވަސްތައް ފުޓްބޯޅައިގައި ކުރިމަތިވާ ކަމަށެވެ.

"އަހަރެން މިކީ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓް އެ ކުޅުންތެރިންގެ ނަން ކިޔާފައި އަހަރެން ބުނުމުން އަހަރެން ހީކުރަން އޮލުން ފިލާނެ ކަމަށް،" ދެކުނު އެމެރިކާ ބައްރުން ވޯލްޑްކަޕު ކަވަރު ކުރަން ދިޔަ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓަބަރޭޒް ބުންޏެވެ. "ފުޓްބޯޅައަކީ އިންސާނުން ބައިވެރިވާ އެއްޗެއް، މިއީ ވަކިގޮތަކަށް ޕްރޮގްރާމް ކޮށްފައި އެކަން ކުރުމަށް ތިބޭ ރޮބަޓްތަކެއް ނޫން."

"މިކަހަލަ އުނދަގޫ ވަގުތުގައި ސަޕޯޓް ބޭނުން ވާނެ، ފުޓްބޯޅަ ކުޅުންތެރިންނަށް ދެއްކޭ ފެންވަރު ރަނގަޅު ނޫންނަމަ އެންމެ ބޮޑަށް އެކަމާ މެދު ހިތްހަމަ ނުޖެހޭނެ ބަޔަކީވެސް ހަމަ އެ ކުޅުންތެރިން.

"އަހަރެމެންނަށް އެނގޭ އުނދަގޫ ދުވަސްތަކުގައި އެ ކުޅުންތެރިން އެ ހަލަތު ބަދަލު ކުރުމަށްވެސް ހަނދާނެ ގޮތް."

އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ. ސައުދީ ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ރަޝިއާ އަތުން ބަލިވީ 5-0 ންނެވެ. އެ ޓީމުގެ ކޯޗް އާޖެންޓީނާގެ ހުއާން އެންޓޯނިއޯ ޕިޒީ ބުނީ އުރުގުއޭ އާ ދެކޮޅަށް ސައުދީ އަށްވެސް ވަރުގަދައަށް ވާދަ ކުރެވޭ މެޗަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ.

"މޮޅު ވުމުގެ އިތުރަށް އަހަރެމެން ޖެހޭނެ އަހަރެމެންގެ ވަރުގަދަ ކަން ދެއްކުމަށް މަސައްކަތް ކުރަން، ޓެކްޓިކްސްގެ އިތުރަށް އަހަރެމެން ޖެހޭނެ ސާބިތު ކޮށްދޭން އަހަރެމެންގެ ކިބައިގައި ވަރުގަދަ އަށް މަސައްކަތް ކުރުމުގެ ރޫހެއް ހުރިކަންވެސް ދައްކަން."