ހަބަރު

ހުޅުލޭގައި ތާރުއަޅައިގެން އަލަށް ހެދި މަގެއް ހުޅުވާލައިފި

Jun 20, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތާރު އަޅައިގެން ހަދާފައިވާ މަގެއް މިއަދު ހުޅުވާލައިފި އެވެ.

ވީއައިއޭއިން ބުނީ، އަލަށް ހުޅުވި މަގަކީ މިހާރު ބޭނުން ކުރަމުންދާ ރަންވޭގެ ދެކުނުގައި ހަދާފައިވާ މަގެއް ކަމަށެވެ. އެ މަގަކީ ވީއައިއޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ގުޅާލައިދޭ މަގެއް ކަމަށް ވެސް ވީއައޭއިން ބުންޏެވެ.

އެ މަގުގެ ދިގު މިނުގައި 1200 މީޓަރު ހުންނާނެ ކަމަށާއި އެ މަގު ބޭނުން ކުރާނީ އެއާޕޯޓްގެ ޓްރާންސްފާ ތަކަށެވެ. ނަމަވެސް ހުޅުލެއާ ހުޅުމާލެ ގުޅުވާ ހައިވޭގެ މަސައްކަތް ނިމެންދެން އެމަގު އާންމުންގެ ދަތުރު ތަކަށްވެސް ހުޅުވާލާނެ ކަމަށް ވީއައިއޭއިން ބުންޏެވެ.

އާ މަގެއް ހުޅުވާލާފައިވާއިރު ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑްގައި ތާރު އެޅުމައް ތައްޔާރުވެފަ އެވެ. ލިންކު ރޯޑަކީ 370 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތްކުރަން ހަވާލު ކޮށްފައިވަނީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ.