މެޗުގެ ކުރީކޮޅުގައި ރޮނާލްޑޯ ޖަހައިދިން ރީތީ ގޯލާއެކު މޮރޮކޯ ބަލިކޮށް ޕޯޗްގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމާ ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި އެވެ. ބޮލުން ރޮނާލްޑޯ މި ލަނޑު ޖަހައިދީފައި ވަނީ މެޗުގެ ހަތަރުވަނަ މިނެޓްގައި އެވެ. މިގޯލާއެކު ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ގޯލުގެ އަދަދު 85 އަށް އެރީ އެވެ. އެންމެ ގިނަ ގައުމީ ޓީމަށއް ޖަހާފައިވާ ކުޅުންތެރިއަކީ އިރާންގެ އަލީ ދާއީ އެވެ.
މެޗުގެ ކުރީކޮޅުގައި ރޮނާލްޑޯ ޖަހައިދިން ރީތީ ގޯލާއެކު މޮރޮކޯ ބަލިކޮށް ޕޯޗްގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމާ ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި އެވެ. ބޮލުން ރޮނާލްޑޯ މި ލަނޑު ޖަހައިދީފައި ވަނީ މެޗުގެ ހަތަރުވަނަ މިނެޓްގައި އެވެ. މިގޯލާއެކު ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ގޯލުގެ އަދަދު 85 އަށް އެރީ އެވެ.
ރޮނާލްޑޯގެ މި ލަނޑާއެލު މި ވޯލްޑްކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރުވާފަ އެވެ. އޭގެ އިތުރުން ހަންގޭރީގެ ކުރީގެ ފުޓްބޯޅަ ތަރި ފެރެންކް ޕުސްކާސް ޔޫރަޕްގައި ގާއިމުކުރި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އެނާ ވަނީ މުގުރާލާފަ އެވެ. ޕުސްކާސް ވަނީ 1945 އާއި 1956 އާ ދެމެދު ހަންގޭރީގެ ގައުމީ ޓީމަށް 84 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ އިންޓަނޭޝަނަލް ލެވެލްއެއްގައި ޔޫރަޕްގެ ކުޅުންތެރިއަކު ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީގެން ހަދާފައިވާ ރެކޯޑެކެވެ.
މޮރޯކޯ ބަލިކޮށް ޕޯޗްގަލް ހިތްހަމަ ޖައްސާލައިގެން ދެވަނަ ބުރަށް ދެވުނު ނަމަވެސް މިއަދުގެ މެޗްގައި ޕޯޗްގަލް ވަނީ ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާފަ އެވެ. މެޗުގެ ފަހުހާފުގައި މުޅިން ކޯންޓްރޯލް ހޯދާ ނުރައްކާތެރި ހަމަލާތައް އުފައްދާފައި ވަނީ ވެސް މޮރޮކޯ އެވެ. މިއަދު މެޗުގައި ނުރައްކާތެރި ހަމަލާތައް ދިން އިރު މޮރޮކޯއަށް މިއަދު މަދުވީ ލަނޑެއް ޖެހުމުގެ ނަސީބެވެ.
އުނދަގުލުން ޕޯޗްގަލް ހޯދި މޮޅާއެކު އެ ގައުމު މިހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގަ އެވެ. އެއީ ހަތަރު ޕޮއިންޓާއެކު އެވެ