ބޮލީވުޑް

ދީޕިކާއާއި ރަންވީރްގެ ކައިވެނި 10 ނޮވެމްބަރުގައި

ދީޕިކާ ޕަދުކޯނީއާއި ރަންވީރް ސިންހު މިއަހަރު ކައިވެނިކުރަން އުޅޭ ވާހަކަދެކެވެމުން އަންނަތާ މިހާރު އެތަށް ދުވަސްތަކެއްވެއްޖެ އެވެ. މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ބޮލީވުޑްގެ ކައިވެންޏަަކީ މި އެވެ.

އަންނަ ނޮވެމްބަރު މަހު 10 ގައި މި ދެ ތަރިން ކައިވެނިކުރަން މިހާރު ނިންމާފައިވާ ކަމަށް ފިލްމުފެއާ ރޭގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ދީޕިކާއާއި އަރިސް މީހަކު ނަން ހާމަނުކޮށް ފިލްމުފެއާއަށް މައުލޫމާތުދިން ގޮތުގައި އެންމެ ގިނަ ވަގުތު ހޭދަވީ ކައިވެނިކުރާނެ ތާރީހެއް ކަނޑައެޅުމަށެވެ. އެ ދެމީހުންވެސް ކައިވެނީގެ ހުރިހާކަމެއް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުންޏެވެ. އޭނާ ބުނީ ނޮވެމްބަރު 10 ގައި ކައިވެނިކުރަން ނިންމީ އެމީހުންގެ މައިންބަފައިންގެވެސް ރުހުމާއެކުގައި ކަމަށެވެ.

"ކައިވެނި އޮންނާނީ އިޓާލީ ނޫނީ ބެންގަލޫރުގައި. އުދޭޕޫރް ޕެލެސްގައި ކައިވެކުރަންވެސް ނިންމި އެކަމަކު އެކަން ވާގޮތެއް ނުވި. ދެ ފަރާތުގެ އާއިލާއިން އަންނަނީ ކައިވެންޏަށް ތައްޔާރުވަމުން. ކައިވެނީގެ ވިޔަފާރިތައްވެސް މިހާރު ވަނީ ފަށާފަ. ދީޕިކާއެކޭ އެއްގޮތަށް ރަންވީރްވެސް ހުރީ ކައިވެންޏަށް ވަރަށް ކެތްމަދުވެފަ."

މި ދެމީހުން ވަނީ ދުވަސްތަކެއް ކުރިން އެންޖޭޖުވެސްވެފަ އެވެ.