ކުޅިވަރު

ފްރާންސުން ބޭނުންގޮތެއް ހަދާކަށް ޕެރޫ ނުތިބޭނެ

ފުރަތަމަ މެޗުގައި މޮޅުވި ނަމަވެސް ފްރާންސްގެ ފެންވަރާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން ފްރާންސަށް ލިބުނީ އުނދަގޫ މޮޅެކެވެ. ފްރާންސަށް އެއްވަރެއްގައި ކުޅުން ނުހިފެހެއްޓޭތީ އޮސްޓްރޭލިއާގެ މެޗުގައި އެ ޓީމަށް ވަރަށް ބޮޑަށް މައްސަލަ ދިމާވި އެވެ.

އޮސްޓްރޭލިއާ އާ ދެކޮޅަށް ޑެޝޯމްޕްސް ނެރުނު ފުރަތަމަ 11 އާ މެދުވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ޓީމުގެ މެދުތެރެއިން އޭނާ ފުރުސަތު ދިނީ ޕައުލް ޕޮގްބާ އާއި ކަންޓޭ އާއި ކްރިސްޓިއަން ޓޮލީސޯ އެވެ. ޓީމުގެ ކުރީގައި އެންޓޯނިއޯ ގްރީޒްމަން އައީ ކިލިޔަން އެމްބަޕޭ އަދި އުސްމާން ޑެމްބެލޭ އެވެ.

ވޯލްޑްކަޕުގެ ފުރަތަމަ މެޗުގެ ފުރަތަމަ 11 ގައި ތަޖުރިބާ މަދު ކުޅުންތެރިންނަށް ފުރުސަތު ދިނުމުން ޑެޝޯމްޕަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. ފްރާންސްގެ ޓީމަށް މައްސަލަ ދިމާވި ސަބަބެއް ބުނެދޭން ޑެޝޯމްޕް ބޭނުމެއް ނުވެ އެވެ.

"ހުރިހާ އެއްޗެއް ކިޔައި ދިނުމަކީ ފަސޭހަ ކަމެއް ނޫން، ޑޭޝޯމްޕްސް ބުނެފައި ވެއެވެ. "ދިމާވި އެންމެ ބޮޑު މައްސަލަކީ މެޗުގެ ހަގީގަތާއި އަހަރެމެން ނެރުނު އައިޑީއާ އާ ދިމާނުވުން."

ފްރާންސަށް މިރޭ އޮތީ ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ. ޑެޝޯމްޕް ބުނީ ޕެރޫއިން ޑިފެންސްކޮށްގެން ފަހަތުގައި ތިބެދާނެ ކަމަށް އޭނާ އުންމީދު ނުކުރާ ކަމަށާއި ޕެރޫއިން ފްރާންސްގެ ފަހަތަށް ބާރު ބޮޑު ކުރާނެ ކަަމަށެވެ. އެހެންވެ މިރޭގެ މެޗަށް ފާރާންސް ނިކުންނަން ޖެހޭނީ އެ ޓޭކިން އާއި ޑިފެންސަށްވެސް ސަމާލުވެގެން ކަމަށެވެ.

ފްރާންސްގެ ކޯޗް ރިކާޑޯ ގަރީކާ ބުނީ ފްރާންސުން ބޭނުން ގޮތެއް ހަދާލެވޭ ކަހަލަ ޓީމަކަށް ޕެރޫ ނުވާނެ ކަމަށެވެ.

"އަހަރެމެންނަށް ކޮންމެ ޓީމެއްވެސް ބަލި ކުރެވޭނެ އަހަރެމެންނަށް އެނގޭ ކޮންމެ ޓީމެއްވެސް ބަލި ކުރަން، އުނދަގޫ ހާލަތު ކޮންޓްރޯލުކޮށްގެން ކުޅެން އަހަރެމެންނަށް އެނގޭ."

ފްރާންސާއި ޕްރޫ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ.