އައިސެލެންޑާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި ނައިޖީރިއާ އޮތީ ބޮޑު އިތުބާރާ އެކު ކަމަށް، ނައިޖީރިއާގެ ކޯޗް ގާނާ ރޯރް ބުނެފި އެވެ.
ކޮރޭޝިއާއާ ދެކޮޅަށް ނައިޖީރިއާ ކުޅުނު މެޗުގައި، ނައީޖީރިއާ ބަލިވީ 2-0 ންނެވެ. އެ މެޗާ ބެހޭގޮތުން، ރޯރް ބުނީ، އެމެޗުގައި އޭނާގެ ޓީމަށް ހެދުނީ އެންމެ ދެ ގޯސް ކަމަށެވެ. ކޮރޭޝިއާއިން ލަނޑު ޖެހީ އެ ދެ ފުރުސަތުގައި ކަމަށް ރޯރް ބުންޏެވެ. އޭނާ ބުނީ އެ މެޗު އެއްވަރުކޮށްލައިގެން ނައިޖީރިއާއަށް ނިންމާލުމުގެ ގާބިލުކަން ލިބުނީސް ކަމަށެވެ.
މުބާރާތަށް ނައިޖީރިއާ ގެނައީ ޒުވާން ސްކޮޑެކެވެ. އެ ޓީމުން ތައްޔާރު ވަމަުން ދަނީ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ވަރުގަދަ ސްކޮޑެއް ތައްޔާރު ކުރުމަށެވެ. މިއަދުގެ މެޗުން ނައިޖީރިއާ ބަލިވެއްޖެ ނަމަ، ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކަޓައިގެންދާ އެފްރިކާގެ ތިން ވަނަ ޓީމަކަށް ނައިޖީރިއާ ވެގެންދާނެ އެވެ. ނަމަވެސް މިއަދު އައިސްލެންޑާ ދެކޮޅަށް ނިކުންނަ މެޗުގައި އޭނާ ހުރީ ބޮޑު އިތުބާރަކާއެކު އެވެ.
"މިއަދު އަހަރެމެން ބައްޔެއް ނުވާނެ، ވީމާ ތި ސުވާލަށް އަހަރެން ޖަވާބެއް ނުދޭނަން،" މިއަދު ނަތީޖާ ވާގޮތަކުން ނައިޖީރިއާ މުބާރާތުން ކަޓައިގެން ގޮސްދާނެ ނޫންތޯ ސުވާލު ކުރުމުން ރޯރް ބުންޏެވެ. "މެޗަށް ފަހު އަހަންނާ ތި ސުވާލު ކުރެވިދާނެ، އެކަމަކު އަހަރެން މިހާރު ބުނާނީ އަހަރެމެން މިއަދު ބައްޔެއް ނުވާނޭ."
އައިސްލެންޑްގެ ކޯޗް ހާމިއޭ ހޯލްގްރިމްސަން ބުނީ، އާޖެންޓީނާ އާ ދެކޮޅަށް މޮޅުވުން ފިޔަވައި އެހެން ނަތީޖާއަކަށް އޭނާ އުންމީދު ނުކުރާ ކަމަށެވެ.
"އަހަރެމެން ވާހަކަ ދައްކަނީ ޓީމެއްގެ ގޮތުގައި އަހަރެމެން، ޓީމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ކުރާނަން،" ހޯލްގްރިމްސަން ބުންނެވެ. "އިންޑަވިޖުއަލް ހުނަރަށް ވުރެ މުޅި ޓީމު އެކުގައި ކުރާ މަސައްކަތް މާ ވަރުގަދަ ވާނެ."
މިއަދުގެ މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އާޖެންޓީނާ އަށް ބޮޑު ޕްރެޝަރަކަށް ވާނެ އެވެ. އައިސްލެންޑް މެޗު މޮޅު ވެއްޖެނަމަ ކުރިމަތިވާ ޕްރެޝަރު ބޮޑު ވާނެ އެވެ. އެއީ އޭރުން އައިސްލެންޑާ އާޖެންޓީނާ އާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގުވެސް ތިން ޕޮއިންޓަށް ފުޅާ ވާނެ އެވެ.