ކުޅިވަރު

ސާބިއާ އާއި ސްވިޒަލޭންޑްގެ މެޗަށް ކޮސޯވޯގެ ނުފޫޒު

ސާބިއާ އާއި ސްވިޒަލޭންޑް މިއަދު ބައްދަލު ކުރާ މެޗުގެ ފައިނަލު ޓްރެއިނިންއަށް، ސްވިޒަލޭންޑްގެ ޝަކީރީ ދިޔައީ، ސްވިޒަލޭންޑާއި ކޮސޯވާގެ ދިދަ ޖެހި ބޫޓަށް އަރައިގެންނެވެ.

އެ މެނަޒަރު ފޮޓޯ ގްރާފަަރުންގެ ކެމެރާގެ ލެންސަށް އެރި އެވެ. ފޮޓޯތައް ސޮޝަލް މީޑިއާގައި ދައުރުވާން ފެށުމުން ދެ ގައުމުގެ ޝޯޝަލް މީޑިއާގައި އެވާހަކަ އޮލަކޮށް ދެކެވެން ފެށުނެވެ. ޝަކީރީ އަކީ ކޮސޯވާއަށް އުފަން ކުޅުންތެރިޔެކެވެ. ކޮސޯވާއަކީ ކުރިން ސާބިއާގެ ބައެއްގެ ގޮތުގައި އޮންނަ ސަރަހައްދެކެވެ.

ކޮސޯވޯގެ ދިދަ، ޝަކީރިގެ ރަމްޒު ކުރުމުން، މައްސަލަ އުފުނީ، ސްވިޒަލެންޑާއި ސާބިއާގެ ސަޕޯޓަރުންގެ މެދުގައެއް ނޫނެވެ. ނަމަވެސް އަލްބޭނިއާ އާއި ސާބިއާގެ ސަޕޯޓަރުންގެ މެދުގަ އެވެ. ސްވިޒަލޭންޑްގެ ބައެއް ކުޅުންތެރިންނަކީ އަލްބޭނިއާގެ ދަރިކޮޅުން އައިސްތިބި ކުޅުންތެރިންނެވެ. އޭގެތެރެއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ޝަކީރީ އެވެ.

ސާބިއާ އިން ކޮސޯވޯއަކީ ވަކި ގައުމެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. ސާބިއާގެ ސަޕޯޓަރުން ގަބޫލު ކުރާގޮތުގައި، ސްވިޒަލޭންޑާ ސާބިއާ މެޗު ކުރިމިމަތީގައި އޮއްވައި ޝަކީރީ އެގޮތަށް ކަންތައް ކުރީ ސާބިއާގެ ސަޕޯޓަރުން ރުޅި އަރުވާލުމަށެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ސާބިއާގެ ކޯޗް މްލަޑެން ކްރަސްޓިޗް ދެކޮޅު ހެދި އެވެ.

"އަހަންނަކީ ސިޔާސީ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ މީހެއް ނޫން، އޭނާ ބުންޏެވެ. "އަހަރެމެންގެ އެބައޮތް އެހެން އަމާޒެއް، އަހަރެމެން މިތަނަށް އައިސް މިތިބީ ކުޅިވަރުގެ މަގްސަދެއްގައި އަހަރެމެންގެ ގައުމު ތަމްސީލު ކުރަން، އެހެން ކަންކަމަކަށް އަހަރެމެން އެއްވެސް ކަހަލަ ޗައުގުވެރި ކަމެއް ނެތް."

ސްވިޒަލެންޑްގެ ކޯޗް ވަލްޑަމީރު ޕެޓްކޯވިވްވެސް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ. ސްވިޒަލޭންޑްގެ ނުސްވެރިޔަކު އޭނާ އާ އެ ސުވާލު ކުރުމުން، އޭނާ މަސައްކަތް ކުރީ ސުވާލު އެހެން ދިމާލަކަށް އަނބުރާ ލުމަށެވެ.

"އަހަރެމެން ބްރެޒިލްއާ ދެކޮޅަށް ކުޅުނިީ ވަރަށް ރަނގަޅު މެޗެއް، އެވަރަކުން ނުފުދޭނެ އަހަރެމެން ޖެހޭނެ ސާބިއާ އާ ދެކޮޅަށްވެސް ވަރަށް ރަނގަޅަށް ކުޅެން."