ވިޔަފާރި

މޯލްޑިވްސް ޓްރެވަލް އެވޯޑު ޕީޕަލްސް އެޑިޝަން އޮކްޓޫބަރުގައި

Jun 23, 2018

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަން އޮކްޓޫބަރު މަހު ބާއްވަން ނިންމައި، ރަސްމީކޮށް ލޯންޗްކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ މޯލްޑިވްސްޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަން ލޯންޗް ކުރުމަށް ވަނީ މިމަހުގެ 20 ވަނަ ދުވަހު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.

ރީތިރަށް ރިސޯޓުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ކޮންމެ ކަމެއްގައިވެސް އެ ޖަމިއްޔާއިން ބައިވެރިވާނެ ކަމަށެވެ.

ޓްރެވަލް އެވޯޑުގައި ހިމެނޭ "ޕީޕަލްސް އެޑިޝަން އެވޯޑްސް" އެންމެ ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރު އެވެ. މި އެވޯޑުގެ މަގުސަދަކީ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރާ މީހުންގެ އަގު ވަޒަން ކުރުމެވެ.