ވިޔަފާރި

ރޮނާލްޑޯ އެމްބެސެޑަރުންކަން ކުރާ ކްލިއާ ޝޭމްޕޫގެ ޕްރޮމޯޝަނެއް ބީބީއެމް އިން ފަށައިފި

Jun 23, 2018

ވޯލްޑް ކަޕުގެ ފޯރިއާއެކު، މަޝްހޫރު ކްލިއާ މެން ޝޭމްޕޫގެ ޕްރޮމޯޝަނެއް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ގިނަ އުފެއްދުންތައް ބާޒާރަށް ނެރޭ، ޔުނިލިވާގެ މޮޅު މި އުފެއްދުން ރާއްޖެ އަށް އެތެރެ ކުރަނީ ބީބީއެމްއިން ނެވެ. މި އުފެއްދުމަކީ ޕޯޗްގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެމްބެސެޑަރުކަން ކުރާ ޝޭމްޕޫ އެކެވެ.

"ކްލިއާމެން ޕްރެޒެންޓް ފީފާ ވޯލްޑް ކަޕް 2018" ޕްރޮމޯޝަން ހިންގަނީ ހުޅުމާލޭގައި ހުންނަ ތަޕާސް ކެފޭއާ އާއި ބީބީއެމް ގުޅިގެންނެވެ. މި ޕްރޮމޯޝަންގެ ދަށުން، އެ ކެފޭގައި ވޯލްޑް ކަޕް ބަލަންދާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، ކޮންމެ ދުވަހަކު ދެ ޕިއްޒާ ދޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގައި ކްލިއާ ޝޭމްޕޫގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 25 އިން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރޮނާލްޑޯގެ ކްލިއަމެން ޝޭމްޕޫގެ އިޝްތިހާރު

ބީބީއެމްއަކީ ތަފާތު އެކި އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުންޏެވެ. މި އުފެއްދުންތަކަކީ ލޯކަލް މާކެޓުގައި އަދި ޓޫރިޒަމް ދާއިރާގެ މަގުބޫލުކަން ހޯދާފައިވާ އުފެއްދުން ތަކެކެވެ.