ހަބަރު

ސައިކަލްގައި ޖަހާ ސްޓިކާގެ މައްސަލަ ހައްލުކޮށްދެނީ

Jun 25, 2018
2

ޕާކިން ޒޯނުން ބޭރުގައި ޕާކްކުރުމުން ޖޫރިމަނާ ކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ޖަހާ ސްޓިކާގެ މައްސަލަ ހައްލުކޮށްދެއްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް ޔާމީން އެކަން ނިންމަވާފައިވާކަން ހާމަ ކުރެއްވީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި މާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިނހަމުންދާތީ ޓްރެފިކް ވައިލޭޝަން ސްޓިކާ ޖެހުމުން ޒުވާނުންނަށްވަމުންދާ ގެއްލުންތަކަށް ހައްލެއް ހޯއްދަވަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނިޙާން ހާމައެއް ނުކުރައްވަ އެވެ.

މީގެކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ޓްރެފިކް ވައިލޭޝަން ޖޫރިމަނާ ރައީސް ޔާމީން މާފުކޮށްދެއްވާފައިވެ އެވެ. އެ ޖޫރިމަނާތައް މާފުކުރީ މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހެއް ފާސްކޮށްގެންނެވެ.