ބޮލީވުޑް

"ޖަންގްލީ" ރިލީޒްކުރުން އަންނަ އަހަރު

އެކްޓަރު ވިދްޔުތު ޖަމްވަލްގެ އާ ފިލްމު "ޖަންގްލީ" ރިލީޒްކުރާ ތާރީހު އަންނަ އަހަރަށް ފަސްކޮށްފި އެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ. ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ މި އަހަރު އޮކްޓޯބަރު މަހު 19 އިގަ އެވެ.

ޖަންގްލީ ފިކްޗާސް އިން ގެނެސްދޭ މި ފިލްމު ރިލީޒްކުރާ ތާރީހުން ފަސްކުރިކަން ވިދްޔުތު ވަނީ ޓުވިޓާ މެދުވެރިކޮށް އާންމު ކޮށްފަ އެވެ.

ވިދްޔުތު ކުރި ޓްވީޓް.

މި ފިލްމަކީ އެތަކާއި އިންސާނެއްގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުމެއްގެ ވާހަކަތައް ގެނެސްދޭ ފިލްމެކެވެ. މީގެ އިތުރުން ޝިކާރަށް ކޮށްގެން އެތް ހިފުމާއި ދެކޮޅަށް ވެސް މި ފިލްމުގައި އަލިއަޅުވައިލަ އެވެ.

ވިދްޔުތު މިހާރު މަސައްކަތް ކުރަމުން އަންނަނީ ގޭންގްސްޓާ ޑްރާމާ ފިލްމެއްގަ އެވެ. އެ ފިލްމުގައި އޭނާއެކު ފެނިގެންދާނީ އެކްޓްރެސް ޝްރުތީ ހަސަން އެވެ. ވިދްޔުތު މަޝްހޫރުވެފައި ވަނީ ބޮލީވުޑްގެ އެކްޝަން ފިލްމުތައް ކަމަށްވާ "ކޮމާންޑޯ" އިންނެވެ.