ބޮލީވުޑް

މެރެޑޯނާއާ ހެދި ޝާހުރުކް ސްޓްރެސްވެއްޖެ

ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާއާއި ނައިޖީރިއާ ބައްދަލުކުރި މެޗަށްފަހު ޑިއެގޯ މެރެޑޯނާގެ ވާހަކަ ގަދަވި އެވެ. މެރެޑޯނާއަކީ އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދައިދިން، އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ އެ ޓީމަށް މީގެ ކުރިން ކޯޗުކަންވެސް ކޮށްދީފައިވެ އެވެ.

އެ މެޗުގެ ފޯރިއާއެކު މެޗު ކުޅެމުންދިޔަ ވަގުތު މެރެޑޯނާގެ ފަރާތުން ފެނިގެންދިިޔަ ފަރި ހަރަކާތްތަކާއެކު އެއް ބަޔަކު ހެވިދިލިފަ ތިބިއިރު އަނެއް ބަޔަކު ތިބީ ރުޅި މޫނު ހަދައިގެންނެވެ. މެރެޑޯނާގެ ފަރާތުން ބައެއް ބޭ އަދަބީ ކަންކަން ވެސް މެޗު ކުރިއަށް ދިޔައިރު ފެނުނެވެ.

ފުރަތަމަ ހާފުގައި ދެ ގައުމުގެ ޓީމު އެއްވަރުމުން އޭނާ ވަނީ އަތުގެ އިޝާރާތްތައް ބޭނުން ކޮށްގެން ބޭ އަދަބީ ހަރަކާތެއް ކޮށްފަ އެވެ. މި މަންޒަރުތައް ކެމެރާރަކާއި ޓީވީތަކަށްވެސް އެރި އެވެ. މެޗު ނިމެން އުޅެނިކޮށް އޭނާ ގައިން ވަރުގޮސްގެން ހޮސްޕިޓަލަށްވެސް ގެންދަންޖެހުނެވެ.

މެރެޑޯނާގެ ދެކެ އެންމެ ރުޅިއައި މީހަކަށް ވާނީ ބޮލީވުޑްގެ ބަތަލް ޝާހުރުކް ޚާން އެވެ. މެރެޑޯނާގެ ސަބަބުން އޭނާ ސްޓްރެސްއަށް ދާކަމަށް ބުނެ ޝާހުރުކް ވަނީ ޓުވީޓުވެސް ކޮށްފަ އެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ފުޓުބޯޅައަށް އެންމެ ފޯރި ހުންނަ ތަރިންގެ ތެރޭގައި ޝާހުރުކް ވެސް ހިމެނެ އެވެ. ވޯލްޑް ކަޕް ފެށުނީއްސުރެ ވަރަށް ގިނަ މެޗުތައް ބަލަަމުން އޭނާ އަންނަނީ ޓުވީޓުވެސް ކުރަމުންނެވެ. ބައެއް ފަހަރު އޭނާ ސަޕޯޓް ކުރަނީ ކޮން ޓީމާކަށްކަން ވެސް އޮޅޭ ފަހަރު އާދެ އެވެ. ބައެއް މީހުން ޝާހުރުކް ދުވަހަކު ޓީމާކަށް ސަޕޯޓުކުރާ ކަމަށް ބުނެ މަލާމަތްވެސް ކުރެ އެވެ.

އެ މެޗުގައިވެސް ވީ ހަމަ މިކަހަލަ ގޮތެކެވެ. އޭނާ ހުރީ އާޖެންޓީނާގެ ކޮޅަށެވެ. އެކަމަކު ކުއްލި ކުލިއަށް ނައިޖީރިއާ ޓީމުގެ މޮޅު ވާހަކަވެސް އޭނާ ދައްކަމުންދިޔަ އެވެ.