(26 ޖޫން 2018 އާ ގުޅޭ)
"ކީފާ އައީ ވެސް އަހަރެމެންނާއެކުއެއްނޫނެއްނު... މިރޭ ޖެއްސި ސްޓަންޓު އަހަރެން ހަނދާންނެތުނީ ކަމައްތަ ހީކުރީ، އަމިއްލައަށް ގެއަށް ދާނޭ ގޮތެއް ހޯދާ" އަރްސަލް ނުރުހިފައި ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ނިމްރާގެ އަތުގައި ހިފައިގެން ހޮޓެލުން ނުކުންނަން ދިޔައެވެ.
ކާރު ދުއްވަން އިނީ ރާދިންއެވެ. އޭނާއާ ޖެހިގެން އަރްސަލް އިންއިރު ފަހަތުގައި ތިބީ ޝިހާނާއާއި ނިމްރާއެވެ. ހޮޓެލްގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކަ ޝިހާނާ ދައްކަމުންދިޔައިރު އޭނާގެ ވާހަކަތަކަށް ނިމުމެއްނައެވެ. ނިމްރާ ބަސްމަދުވެފައި އިސްޖަހާލައިގެން އިނީ އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލައަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާއަށް ވިސްނެމުންދިޔައީ ހޮޓެލްއަށް ކިޔާފައިވާ ނަމާމެދުއެވެ. ހަމައެއާއެކު އަރްސަލްގެ ބައްޕަ އޭނާއަށް ބަލާލި ގޮތެވެ. ހިނިތުންވުމެއް ބަދަލުކޮށްލިއިރު ހީވީ އޭނާއަކީ ކާކުކަން އެނގިގެން ކޮށްލި ހަރަކާތެއްހެންނެވެ. އަރްސަލްއާއި ހަލަފަށް އެ މީހުންގެ ބައްޕަގެ ސިފަތައް ވާރުތަވެފައިވާކަން ނިމްރާއަށް ޔަގީންވިއެވެ. ޚާއްޞަކޮށް އަރްސަލްގެ ބެލުމުގައި ހުންނަ ފަދަ ޖެހިލުންވާ ފަދަ ގޮތެއް ބިލާލުގެ ބެލުމުގައި ހުއްޓެވެ.
"ނިމް!..." ނިމްރާގެ އަތުގައި ހިފައި ތަޅުވާލަމުން ޝިހާނާ ގޮވާލިއެވެ. ދުއްވަމުން އައި ކާރު ހުއްޓުމަކަށް އައިސްފިކަން ނިމްރާއަށް އެނގުނީ ދެނެވެ. އޭނާ އިސްއުފުލާ ބަލާލިއިރު ރާދިން ވެސް އިނީ ފަހަތަށް އެނބުރިލައިގެން އޭނާއަށް ބަލާށެވެ. އަރްސަލް ހުރީ އޭނާ އިން ފަރާތުގެ ދޮރުހުޅުވާލައިގެންނެވެ.
"ކޮން ދުނިޔެއެއްގައި" ޝިހާނާ އަހާލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލަމުން ނިމްރާ ހިނިތުންވެލިއެވެ. އަދި ހެދުމުގައި ހިފަހައްޓާލަމުން ކާރުން ފޭބިއެވެ. ދޮރުހުޅުވާލައިގެން ހުރި އަރްސަލް ގުދުވެލައި ނިމްރާގެ ބޮޑު ހެދުން ރީތިކޮށް ކާރުގެ ތެރެއިން ނެރެލުމަށްފަހު ދޮރުފަތް ލައްޕާލިއެވެ.
"އާދޭ..." ނިމްރާއަށް އަތްދިއްކޮށްލަމުން އަރްސަލް ބުނެލިއެވެ. އެ އަތުގައި ހިފުމާމެދު ނިމްރާއަށް ވިސްނާލެވުނެވެ. އެހެންނަމަވެސް އަމިއްލަ ފައިޞިލާއަށްވުރެ ކުރީން އަރްސަލް އަތުގައި ހިފައިފިއެވެ. މަޑުމަޑުން ދަމާލުން އޭނާއާ އެއްކޮށް ނިމްރާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
އެޕާޓްމެންޓްގެ ދޮރު އަރްސަލް ހުޅުވާލުމުން ނިމްރާ އެތެރެއަށް ވަނެވެ. އަނދިރިކޮށް އޮތް އެޕާޓްމެންޓް ދިއްލާލުމަށްފަހު އެތެރެއަށް ދާން ނިމްރާ ހިނގައިގަތެވެ.
"އިހަށް މަޑުކޮށްބަލަ" އަރްސަލް އައިސް ނިމްރާގެ އަތުގައި ހިފައި ހިފެހެއްޓިއެވެ. އަދި އޭނާއާ ކުރިމަތިވާނޭހެން އަނބުރާލައި ނިމްރާގެ އުނަގަނޑުގައި ދެއަތް އަޅުވާލިއެވެ.
"ކަމެއްވީތަ؟ ކީއްވެތަ މާ މަޑުމަޑުން ތިހުންނަނީ؟ ތި ސިކުނޑީގައި ހިގާ ކަމެއް އަހަރެން ގާތުގައި ނުބުނާނަންތަ؟ ހޮޓެލްއާ މެދު ސްކާލެޓްގެ ޚިޔާލެއް ނުބުނަމެންނު... އައި އޭމް ރިއަލީ ހެޕީ ޓުނައިޓް... ތެންކިއު ސްކާލެޓް... ތޭންކިއު ފޯ ބީން ވިތް މީ ޓުނައިޓް" ނިމްރާގެ ވައަތްތިލައިގައި ހިފާ އުފުލާލަމުން ގެނެސް އަރްސަލްގެ ތުންފަތުގައި ޖައްސާލައި ބޮސްދިނެވެ.
"ކީއްވެ ތި ނަމުން އަހަންނަށް ގޮވަނީ؟ ކީއްވެ ހޮޓެލްއަށް އެ ނަމާ ގުޅުވާފައި ނަންކީ" ޖެހި ބުދެއްހެން ހުރެ ނިމްރާ އަހާލިއެވެ. އެއާއެކު ނިމްރާގެ އަތުން އަރްސަލް ދޫކޮށްލުމަށްފަހު ނިމްރާގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ.
"އަހަރެން ވާހަކަދައްކާއިރު އަހަންނަށް ބަލަންޖެހޭނެއޭ ބުނީމެއްނު... ހަނދާންނެތުނީތަ" އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯހޫރާލިއެވެ.
"ގުޑް! ނައު ލިސްން... ޔޫ އާ މައިން ސްކާލެޓް... ހަމައެގޮތަށް އެ ހޮޓެލްއަކީ ވެސް އަހަރެންގެ ތަނެއް، އެކަމަކު އެ ހޮޓެލްއަކީ ސްކާލެޓްގެ ހަނދާނެއް، އިޓްސް ޕްރެޝަސް ޓު މީ، ލައިކް ޔޫ" އެންމެ ފަހުން އަރްސަލް ބުނެލި އެއްޗެއް ހީވީ ސިއްރުން ބުނެލި ވާހަކައެއް ހެންނެވެ. ނިމްރާގެ ކޯތާފަތުގައި ހިފާލުމާއެކު އެ ތުންފަތުގައި އަރްސަލް ބޮސްދިނީ އެފަދަ ކަމަކަށް ނިމްރާ ތައްޔާރު ވެސް ނުވެހުއްޓައެވެ. ދުރަށްދާން ބޭނުންވިޔަސް އެފަދައިން ނިމްރާއަށް ޢަމަލެއްނުކުރެވުނެވެ. އަރްސަލް މަޑުމަޑުން ދުރަށް ޖެހިލުމަށްފަހު ނިމްރާއަށް ބަލާލީ މަޢުނަވީ ބެލުމަކުންނެވެ. ނިމްރާގެ ކޯތާފަތުގައި ފިރުމާލަމުން ބޮޑުވައި އިނގިލިން ނިމްރާގެ ރަތްވެފައިވާ ތުންފަތުގައި ވެސް ފިރުމާލިއެވެ. އެ ދެ ލޮލުގެ ދިހުން ގަދަވެފައިވާއިރު ފާޅުވަމުންދިޔައީ ނިމްރާ ޖެހިލުންވާވަރުގެ މަސްތުކަމުގެ އަސަރެކެވެ. ބޭއިޚްތިޔާރުގައި ނިމްރާއަށް އަރްސަލްގެ ލޮލުގައި އަތްތިލަ ޖައްސާލައި ނިވާކޮށްލެވުނެވެ. އެހިނދު އަރްސަލް ލުއި ގޮތަކަށް ހީނލިއެވެ.
"އައި ކާންޓް ހެލްޕް އިޓް... ޔޫ އޯލްވޭޒް ވޭކް ދި ބީސްޓް އިން މީ" ނިމްރާގެ އަތްތިލަ ދުރަށްލުމަށްފަހު އަރްސަލްގެ ނިތްކުރި ގެނެސް ނިމްރާގެ ބޮލުގައި ޖައްސާލިއެވެ.
"ޑެވިލް ހޭސް ހިޒް ޗާމްސް ބަޓް އައި ނޯ ހީ އިޒް އަ ޓޯޓަލް ޕާވާޓް ފުރޭތަ" ނިމްރާގެ ތުންފަތުގެ ކަނުން މައްޗަށް ކިރިޔާ ދެމިލި ނަމަވެސް އަރްސަލްގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް މިފަހަރު ހެވުނީ ތަންކޮޅެއް ބާރަށެވެ.
"ނައު ގޯ ޗޭންޖް... އަހަރެން ދައްކަން ހުރި ހުރިހާ ވާހަކައެއް އަދި ނުނިމޭ. އަހަރެން ސިޓިންރޫމުގައި އިންނާނަން" ނިމްރާ ދޫކޮށްލަމުން އަރްސަލް ބުނެލިއެވެ.
"ގާލް އައި ވިލް މޭކް ޔޫ މައިން. ހުރިހާ ގޮތަކުން އަހަރެންގެ މީހަކަށް ހަދާނަން، ޔޫ ވެއިޓް އެންޑް ސީ" އެތެރެއަށް ވަދެގެން ދިޔަ ނިމްރާއަށް ބަލަން ހުރި އަރްސަލްގެ ހިތުގައިވިއެވެ. އެ ޚިޔާލުތަކުން އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލިއެވެ.
* * * * *
ހީނހީނ އިން ޝިހާނާގެ ކޯތާފަތުގައި ރާދިން ފިރުމާލިއެވެ. އެ ބީހުން ޝިހާނާގެ ހަރަކާތްތައް ހުއްޓުވިއެވެ. ލަސް ގޮތަކަށް ޝިހާނާ މޫނު އަނބުރާލަމުން ރާދިންއާ ނަޒަރު ސީދާކޮށްލިއެވެ.
"އާނާ މިރޭ ވަރަށް ރީތި. އަހަރެންގެ މީހެއްކަން ތީ އެނގޭތީ ވަކިން ބޮޑަށް އުފާވި" ޝިހާނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ރާދިން ބުނެލިއެވެ.
"އީވަން އައި އޭމް ލަކީ ދެޓް އައި ހޭވް ޔޫ... ރާދު ވެސް ވަރަށް ހެންޑްސަމް މިރޭ. އަބަދުވެސް ރާދު ވަރަށް ސްމާޓްވެފައި ވަރަށް ޖެންޓްލްމޭން ސްޓައިލް... އައި ލަވް ދެޓް އަބައުޓް ޔޫ، ތެންކިއު ފޯ އާސްކިން މި އައުޓް، ރާދު ރައްޓެހިވާން ނޭހިނަމަ އަހަންނަކަށް ނުކެރުނީސް އިސްނަގާކަށް... އަހަންނަށް އެނގޭ އަހަންނަނީ ވަރަށް ސްޓްރައިޓް ފޯވަޑް މީހެއްކަން، އެހެންވިޔަސް އަހަރެންގެ އަމިއްލަ ކަންކަމުގައި... އަހަރެންގެ އިޙްސާސްތަކާއި ޖަޒުބާތުތަކާއި ގުޅިފައި ހުންނަ ކަންކަމުގައި ހައްލެއް ހޯދުން ފަސޭހައެއްނޫން" ޝިހާނާ ހިނިތުންވެލިއެވެ.
"އަހަރެން އާނާއަށް ދެރަގޮތެއް ނުހަދާނަން... އާނާގެ އިތުބާރު ގެއްލޭވަރުކަމެއްނުކުރާނަން" ރާދިން ބަދަލުކޮށްލި އަވަސް ނަޒަރުން އެކަނި ވެސް ޝިހާނާއަށް ޔަގީންކަން ލިބުނެވެ.
"ތެންކިއު... ދެން އެއްއަތުން ކާރު ނުދުއްވާ ދެއަތް ބޭނުންކުރަންވީނު... އަހަރެން ބޭނުމެއްނޫން އެކްސިޑެންޓެއް ހިނގާކަށް، މި ރިލޭޝަންޝިޕް ގިނަ އަހަރުތަކަކަށް ކުރިއަށް ދާން އަހަރެން ބޭނުން" ޝިހާނާ ބުނެލިއެވެ. ރާދިން ހީނލާފައި ހުންގާނު ބުރުގައި ދެއަތުން ހިފަހައްޓާލިއެވެ.
"ސޯ!... އެ ހޮޓެލް އެއީ ހަމަ ނިމްއަށް ޚާއްޞަކޮށްފަ ދޯ، އެހެންވެ ދޯ އަރްސަލް އެހާ ނެއްޓީ ކީފާދެކެ" ޝިހާނާ އަހާލިއެވެ.
"އާން! އަސްލު އެއީ ނިމްގެ ގެ... ހާ ގްރޭންޑް ޕޭރެންޓްސްގެ ގެ... އަރްސަލް ކުރިން އެ ގެ ގަތީ ރަނގަޅު ގަސްދެއްގައެއްނޫން، ބަޓް ވީ އޯލް ނޯ ނައު ހީޒް އަ ޗޭންޖްޑް މޭން... އެންމެ ފަހު ވަގުތު ހޮޓެލްގެ ނަން ބަދަލުކުރީ އަރްސަލް، އެއީ އޭނާ ބޭނުންވި ނަން، ހީ ވޯންޓް ޓު ގިވް ހާ ސަމްތިންގް ސްޕެޝަލް... އައި ލަވް ދި އައިޑިއާ، އައި ސަޕޯޓް ހިމް ކޯޒް ނައު ހީ އިޒް ޑުއިން ދި ރައިޓް ތިންގް... އަރްސަލް މިރޭ ބޭނުންވީ އެންމެންނަށް ނިމް ފާހަގަ ކުރެވެން... އެ ހޮޓެލްއާ ގުޅުން ހުރި ފަރާތަކީ އެއީކަން އަންގައިދޭން... އެކަކު ވެސް ރަތްކުލަ ބޭނުންނުކުރަން އެންގީ އެހެންވެ... ކީފާ އެހެންކަންތައް ކުރީމަ އަރްސަލް އެހާ ރުޅިއައީ އެހެންވެ... ކީފާގެ ސަބަބުން އެތަނަށް އައި މީހުންނަށް ދޭން ބޭނުންވި މެސެޖު ފުރިހަމަ ގޮތުގައި ނުދެވުނީ ކީފާގެ ސަބަބުން، އަހަރެން ވެސް ހިތައް އެރި ކީފާ ހަމަ ގަސްދުގައޭ އެކަން އެ ކުރީ" ރާދިން ބުނެލިއެވެ.
"އަރްސަލް އެވަރަށް ކެއާ ކުރާއިރު ކީއްވެތަ ނުބުނަނީ ނިމްދެކެ ލޯބިވާ ވާހަކަ، އެ ދެ މީހުންގެ ވެސް އެކަކު އަނެކަކަށް ފީލިންގްސް ވޭ" ރާދިން ގާތުގައި ބުނެލި ނަމަވެސް ޝިހާނާގެ އަމިއްލަ ނަފްސާ ވެސް އެ ސުވާލުތައް ކުރެވުނެވެ.
"ލެޓްސް ގިވް ދެމް ޓައިމް... އެ ދެމެދުގައި އެކަހަލަ ގުޅުމަކަށް ފުރުޞަތު ދޭން ވަގުތު ނަގާނެ، އެ ދެމީހުން ބައްދަލުވީ ވެސް ވަރަށް އާދަޔާ ޚިލާފު ހާލަތެއްގައި... އެހެންވީމަ ވަގުތު ބޭނުންވަނީ، އަހަރެންގެ އުމުރުން ބާރަ އަހަރުން ފެށިގެން އަރްސަލް ނުފެންނަ ހިސާބަކަށް ނުދަން... އޭނާ އަންހެންކުދީންނާ މެދު ކަންތައްކުރާގޮތް އަހަރެން ދުށިން... އޭނާގެ ހަޔާތައް މިހާތަނަށް އައިސްފައި ހުރީ ރީތި ހުސްކުރި ކުދީން... ސިފަ ރީތި އަންހެނުންނަށް އޭނާ ލޯބިކުރޭ... އޭނާ މިހާތަނަށް ޚިޔާރުކުރި ހުރިހާ އަންހެންކުދީންގެ ސިފަތައް އެއްގޮތް، ހަމުގެ ކުލަ އަލިވެފައި ހިމަތޮޅި ހަށިގަނޑަކާއި ރީތި ފަން ދިގު އިސްތަށިގަނޑެއް އޮންނާނެ، ޒަމާނީ ވައްޓަފާޅިއަށް ލޯބިކުރާނެ... މުދަލާއި ފައިސާގެ ގޮތުން އޭނާއާ އެއްފެންވަރުތޯ ބަލާނެ" ރާދިން ކިޔާދިނެވެ.
"ލޫން ހުންނަ ގޮތެއްނު ތިކިޔައިދިނީ" ރާދިންގެ ވާހަކައިގެ މެދުތެރެއިން ޝިހާނާ ބުނެލިއެވެ.
"ލޫންއަކީ އަރްސަލް ޙާޟިލު ކުރަން ބޭނުންވި އަންހެންކުއްޖެއް، އަންހެންކުއްޖަކު އޭނާއަށް ނޫނެކޭ ބުނުމަކީ އާކަމެއް... އެކަން ހަޖަމުކުރަން އޭނާ ނެގި ޗެލެންޖެއް ލޫންއަކީ... އެކަމަކު ލޫންއާ މެރީކުރަން އޭނާ ވިސްނީމަ އަހަންނަށް އެނގުނު ކޮންމެވެސް ކަމެއް ލޫންގެ ތަފާތުވެއްޖެކަން" ރާދިން އިތުރަށް ޝިހާނާއަށް އޮޅުން ފިލުވައިދިނެވެ.
"އެ ހުރިހާ އަންހެންކުދީންނާ ނިމް ތަފާތު... ނިމްގެ ހަށިގަނޑުގެ ބައްޓަން ވެސް ތަފާތު... ކުރުކުރުކޮށް އިސްތަށިގަނޑު ވެސް ކޮށާލާފައި... ބަޓް ޝީ އިޒް ބިއުޓިފުލް، ނިމް ވަރަށް ލަދުރަކި... ޝީ ޑޯންޓް ހޭވް ސެލްފް ކޮންފިޑެންސް... މުދަލާއިފައިސާއެއްނެތް... ޒަމާނީ ގޮތްގަނޑެއްނުފެނޭ"
"ބަޓް ޝީ އިޒް އަ ފައިޓާ... އައި ލަވް ހާ ފޯ ދެޓް، އައި ވިޝް އައު ކުޑް ބީ ހާ ބްރާދާ... ޝީ އިޒް ލޯންލީ، އެންޑް ސްކެއާޑް އޮފް ދިސް ވޯލްޑް، ޝީ ހައިޑް ސޯ މަޗް... ނިމް އެކަކަށް ވެސް ކިޔައިދޭން ބޭނުންނުވާ ކަމެއް އޭނާ ސިއްރުކުރާކަން އަހަރެން ދެނަހުރިން، ޝީ އިޒް ހާޓް އެންޑް ޓޫ ޔަންގް އާނާ... ހަލަފްއަށް ވުރެ އެންމެ އަހަރެއް ހަމަ ނިމް ދޮށީ، އަރްސަލްއާއި ނިމް ގުޅެން އަހަރެން ބޭނުންވާ އެއްކަންތައް އެއީ... ނިމްއަށް ބޭނުންވަނީ އޭނާއަށް ވަރަށް ކެއާކުރާނޭ މީހަކު، ލޯބިވެރިއެއް... ފިރިއެއް... ޢާއިލާއެއް" ޝިހާނާގެ ވާހަކަ މެދުކަނޑާލާފައި ރާދިން ބުންޏެވެ.
"ޑޯންޓް ވޮރީ... ކުރިން ނިމްގެ އެކަކު ނެތަސް މިހާރު އޭނާ އެކަންޏެއްނޫން، އަހަރެން ވެސް މިހުރީ... ނިމްއަށް ދެރަގޮތެއްވިޔަކަ ނުދޭނަން، ނައު ޝީ ހޭޒް އަ ވެރީ ހެންޑްސަމް ބްރަދާ ޓޫ... ޝީ އިޒް އަ ވެރީ ސްވީޓް ގާލް.... ބަޓް އައި ލަވް ޓު ސީ އަރްސަލްއާ ދެ މީހުން ފައިޓްކުރާތަން، ދޭ ބޯތްއާ ޑެސްޓިންޑް ޓު ބީ ޓުގެދާރ" ޝިހާނާ ހީނލިއެވެ. އެ ހުނުމުގައި ރާދިން ވެސް ބައިވެރިވިއެވެ.
* * * * *
ސޯފާގައި އިން އަރްސަލްއަށް ސިޓިންރޫމަށް ނުކުތް ނިމްރާ ފެނުނެވެ. އިސްތަށިގަނޑުގައި ހުރި ތެތްކަމާއި މޫނުމަތިން ފެންނަ ތާޒާކަން ރަމްޒުކޮށްދިނީ ނިމްރާ އެ އައީ ފެންވަރައިގެން ކަމެވެ. އަތްކުރު ކަކުލުން ތިރިއަށް ހުރި ދިގު ޓީޝާޓާއި ކަށިމައްޗަށް ހުރި ޓައިޓުގައި ނިމްރާ ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ.
"އާދޭބާ" އަރްސަލް އިށީނދެ އިން ސޯފާއަށް އިޝާރާތްކުރަމުން އޭނާ ބުނެލިއެވެ. ނިމްރާ އައުމާއެކު އަރްސަލް އެއްފަރާތަށް ޖެހިލާ ޖާގަ ހަދާލުމަށްފަހު ސޯފާގައި ނިމްރާ ބެއިންދިއެވެ.
"ޔޫ ސްމެލް ފްރެޝް... ވަޓްސް ދެޓް ސްމެލް" ނިމްރާގެ ބޮލުގައި ވަސްގަންނަމުން އަރްސަލް އަހާލިއެވެ.
"ކޮންޑިޝަނާ ވަސް... ސްޓޮޕް އިޓް... ދެން ގައިން ވަސްނުބަލަބަލަ... ފެންވަރައިގެންނޭ މިއައީ" އަރްސަލް ދުރަށް ކޮއްޕާލަމުން ނިމްރާ ބުނެލިއެވެ. ލާނެތް ހުނުމަކުން އަރްސަލް ހީނލިއެވެ.
"ސްކާލެޓް... އަހަރެން ވަރަށް ވިސްނާފައި ނިންމުމެއް ނިންމައިފިން، އަހަންނަށް އެނގޭ ސްކާލެޓް ވެސް ބޭނުންވާނީ އެގޮތްކަން، ޔޫ ޑޯންޓް ހޭވް ޓު ބީ އަ މެއިޑް އެނީމޯ... ވީ ކޭން މެނޭޖް، ނޫނީ އެކަމަށް ޚާއްޞަ މީހަކު ވެސް ހޯދިދާނެ" އަރްސަލް ވާހަކަ ނިމްރާ ހުއްޓުވިއެވެ.
"އަހަންނަށް ކަމެއްކުރެވުނީތަ؟" ނިމްރާގެ ލޮލުގައިވި ހާސްކަން އަރްސަލްއަށް ފާހަގަވިއެވެ. އަރްސަލް ހިނިތުންވެލަމުން ނިމްރާގެ ދެއަތްތިލައިގައި ހިފާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
"ނަތިންގް އިޒް ރޯންގް... އިންފެކްޓް ޔޫ ހޭވް އިމްޕްރޫވްޑް އަ ލޮޓް... ސްކާލެޓް!... މިހާރު ތިއުޅޭހެން އުޅެން ބޭނުންނުވާނެކަން އެނގޭ، އެހެންވެ އަހަރެން ނިންމީ ސްކާލެޓްއަށް މިނިވަންކަން ދޭން... އައި އޭމް ލެޓިން ޔޫ ގޯ، ހުރިހާކަމެއް ވެސް އޭރުން ބަދަލުވާނެ" އަރްސަލް ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.
"އަހަރެން ފޮނުވާލަނީތަ؟ އެކަމަކު އަހަރެން އެފަދަ މިނިވަންކަމެއް ބޭނުންނޫނޭ ބުނެފިއްޔާ" ނިމްރާއަށް ހިތާހިތުން ބުނެލެވުނެވެ. އަރްސަލް އެ އިއްވާލީ މިހާ ދުވަހު އިވިދާނޭކަމަށް ނިމްރާ ހީކުރި ބަސްތަކެއްނޫނެވެ. އަރްސަލްއާ ވަކިވާންޖެހިދާނޭކަމުގެ ޚިޔާލު މިވީ ދުވަސްތަކުގައި ނިމްރާގެ ހިތާއި ސިކުނޑިން ވަނީ އެއްފަރާތްކުރެވިފައެވެ.
"އަހަރެންގެ ގާތުން ސަލާމަތްވެވޭނެތީ އުފާވާނެކަން އެނގޭ" އަރްސަލް ހީނލާފައި އޭނާގެ ބޮލުން ނިމްރާގެ ބޮލުގައި ޖަހާލިއެވެ. ދެން ވެސް ނިމްރާއިނީ ހިމޭންވެފައެވެ. (ނުނިމޭ)