ވިޔަފާރި

އެންމެ ބޮޑު ސޭލް ރެޑްވޭވްގެ ނަސީބުވެރިން ހޮވައިފި

Jun 28, 2018

މިދިޔަ ރޯދަ މަހު ރެޑްވޭވް އިން ކުރިއަށް ގެންދިޔަ "ރަމަޒާން ރޯދަ ސޭލް" ގެ ނަސީބުވެރިން ހޮވައިފި އެވެ.

"ރެޑްވޭވް ރޯދަ ސޭލް" ގެ އެއްވަނަ އިނާމަކީ 100،000ރ. އެވެ. އަދި ދެވަނަ އިނާމަކީ ބައިލައްކަ ރުފިޔާ އެވެ. އިތުރު 10 އިނާމު ހޮވައި 10،000ރ. ދިނުމަށް ހަމަޖެހިފައިވެ އެވެ.

ރެޑްވޭވް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއްވަނަ އަށް އިނާމަކަށް ދިން އެއްލައްކަ ރުފިޔާ ލިބުނީ އައިޑީކާޑް ނަމްބަރު A098832 ގެ ވެރި ފަރާތަށެވެ. އަދި ދެވަނަ އިނާމަށް ހުށަހެޅި ބައިލައްކަ ރުފިޔާ ލިބުނީ އައިޑީ ކާޑް ނަމްބަރު A059944 ގެ ވެރިފަރާތަށެވެ. މީގެ އިތުރުން އިތުރު 10 ވަނައެއް ހޮވައި ކޮންމެ މީހަކަށް 10،000ރ ގެ އިނާމެއް ދީފައިވެ އެވެ.

ރެޑްވޭވް އިން މި ސޭލް ކުރި އަށް ގެންގޮސްފައިވަނީ 300ރ. އިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވޭ ގޮތަށެވެ.

ރާއްޖޭގެ އެންމެ ފުޅާކޮށް ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިކުރާ ކުންފުނިން 10 ފިހާރައެއް ދަނީ ހިންގަމުންނެވެ. އަދި މި ފިހާރަތަކުގައި އަގުހެޔޮކޮށް މުދާ ލިބެން ހުރެ އެވެ.