ހަބަރު

ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކި ނުކުރަން ނިންމައިފި

ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނިކޮށް އެގޮތަށް އަމަލު ނުކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ ސަރުކާރުން ހިންގާ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމަށެވެ. އެގޮތަށް ނިންމުމުން ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒު ވަމުން ދަނިކޮށް އެގޮތަށް އަމަލު ނުކުރަން ނިންމީ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ މަގާމު އުވާލައި، އެ މަގާމުގައި ތިބި 188 ފަރާތެއް ވަޒީފާއިން ވަކި ނުކުރަން ނިންމިކަން އިއުލާން ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އެގޮތަށް ކުރިން ސަރުކާރުން ނިންމުމާ އެކު ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.