ހަބަރު

ދިއްދޫން މަނަފަރަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

ހއ ދިއްދޫ އިން އެ އަތޮޅު މަނަފަރަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 7:45 ހާއިރު ދިއްދޫ އިން މަނަފަރަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެއާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ލޯންޗު އަޑިއަށް ދިޔަ އިރު އޭގައި ދެ މީހަކު ތިބިކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ފުލުހުން ވަނީ އެ ދެމީހުން ސަލާމަތްކޮށްގެން ދިއްދޫއަށް ގެންގޮސްދީފަ އެވެ.

ފުލުހުން ބުނީ ލޯންޗު އެ ސަރަހައްދަށް މުޅިން އަޑިއަށް ގޮސްފައިވާ ކަމަށެވެ. ލޯންޗު އަޑިއަށް ދާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.