ހަބަރު

ވޮއްމުލި ރިސޯޓުގެ ސްޕާއެއްގައި ރޯވެއްޖެ

ދ. އަތޮޅުގެ ވޮއްމުލި އައިލަންޑް ރިސޯޓްގެ އޯވާ ވޯޓާ ސްޕާއެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އެރަށުގައި ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، ވޮއްމުލި ރިސޯޓުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތެއް މިއަދު 9:05 ހާއިރު ލިބިފައިވާ ކަމަށެވެ. އަލިފާނުގެ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓްގެ ވޯޓާ ސްޕާއެއްގައި ކަމަށެވެ.

ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފަ އެވެ.

ވޮއްމުލި ރިސޯޓުގެ ސްޕާއެއްގައި މިއަދު އަލިފާން ރޯވެ އަނދާފައިވާއިރު މިދިޔަ ހޯމަ ދުވަހު އެ އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ވޯޓާވިލާތަކެއް ވަރަށް ބޮޑަށް އަނދާފަ އެވެ.