ބޭރު ކުޅިވަރު

ފިފާގެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނޭ: ޑައިކް

ކޮރަޕްޝަންގެ ތުހުމުގައި ފީފާގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކުރި ނަމަވެސް، ހުކުރު ދުވަހު ބޭއްވުަމަށަށް ހަމަޖެހިފައިވާ ފީފާގެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އިނގިޜޭސި އެފްއޭގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ.

އިންތިހާބު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޑައިކް ވިދާޅުވިއިރު، ޔުއޭﷲާ އިން ދަނީ ހުކުރު ދުވަހު ބާއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ބޮއިކޮޓްކުރުމަށް ވިސްނަމުންނެވެ.

ޑައިކް ވިދާޅުވީ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ފީފާގެ ރައީސް ޖޯސެޕް ބްލެޓާއާ މި އިންތިހާބުގައި ވާދަކުރާ ޖޯޑަންގެ ޕްރިންސް އަލީ އަށް އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޑައިކް ބުނީ ފީފާ އަށް އަލުން އިތުބާރު ކުރެވޭނީ ބްލެޓާ މަގާމުން ދުރުކޮށްގެން ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތުފައި ސްވިޓްޒޭންޑް އިން ފީފާގެ އިސް ހަ އޮފިޝަލުން ހައްޔަރުކުރީ އެމެރިކާގެ އެދުމުގެ މަތިންނެވެ.

ހައްޔަރުކުރި ފީފާގެ ހަ އޮފިޝަލުންގެ ތެރޭގައި ފީފާގެ ނައިބު ރައީސެއް ކަމަށްވާ ޖެފްރީ ވެބް ހިމެނެ އެވެ. ހައްޔަރުކުރި އޮފިޝަލުންގެ ތެރޭގައި ކޮސްޓަ ރީކާގެ އެޑުއާޑޯ ލީ އާއި އުރުގުއޭގެ ޔުޖީނިއޯ ފިގުއެރޭޑޯ އާއި ބްރެޒިލްގެ ހޯސޭ މަރިއާ މަރިން ވެސް ހިމެނެ އެވެ.

އެމެރިކާ އިން ބަލަމުންދާ މައްސަލައިގައި 1991 ވަނަ އަހަރުން ފެށިގެން ރިޝްވަތުގެ ގޮތުގައި ގާތްގަނޑަށް 100 މިލިއަން ޑޮލަރު ފީފާގެ އެކި އޮފިޝަލުން ނަގާފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

ފީފާ އިން ހުކުރު ދުވަހު އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް ބުނި ނަމަވެސް، ޔުއޭފާ އިން ދަނީ އިންތިހާބު ބޮއިކޮޓްކުރުމަށް ވިސްނަމުންނެވެ. ޔުއޭފާ އިން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.