ހަބަރު

ޑިންގީ އެކްސިޑެންޓްގައި ޒަހަމްވި ޓޫރިސްޓް މާލެ ގެނެސްފި

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ދުއްވަމުންދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހި ޓޫރިސްޓަކު މަރުވި ހާދިސާގައި އަނިޔާވި 24 އަހަރުގެ އަންހެންމީހާ މާލެ ގެނެސް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި 27 އަހަރުގެ ފިރިހެން ޓޫރިސްޓަކު ވަނީ މަރުވެފަ އެވެ. މި ދެ މީހުންނަނީ ވެސް ބ އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާގެ ދެ ޓޫރިސްޓުން އެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ވަނީ މާލެ ގެނެސް މޯޗަރީގައި ބާއްވާފަ އެވެ. އަންހެންމީހާއަށް ޓްރީޓޮޕްގައި ފަރުވާދެމުންދާއިރު އޭނާއަށް ވެފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އަންހެންމީހާގެ ފަރުވާ ޓްރީޓޮޕްގައި ދެމުން ގެންދާއިރު މި މީހާ ގައުމަށް ފޮނުވާލާނެ އިރެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ ހަށިގަނޑު ގައުމަށް ފޮނުވާލުމުގެތައްޔާރިތައް ވަމުން އަންނަ ކަމަށެވެ.