ފިނިޕޭޖް

"އޭންޓް-މޭން" މި ހުކުރުގައި ޝުވެކްއަށް

މާވެލް ސްޓޫޑިއޯސް އިން މި އަހަރު ގެނެސްދޭ ހަތަރު ވަނަ ސުޕަހީރޯ ފިލްމު "އޭންޓް-މޭން އެންޑް ދަ ވަސްޕް" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކް ކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައި ވެސް މި ފިލްމު ދައްކާނެ އެވެ.

މި ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ކެރެކްޓާ، ހޯޕް ވެން ޑައިން (އެވާންޖެލިން ލިލީ) އަށް ސައިޒް ބަދަލު ކުރެވޭ ސޫޓެއް ލިބުމުން އޭނާއަށް ކުރެވޭ ކަންތައްތަކެވެ.

"އޭންޓް-މޭން އެންޑް ދަ ވަސްޕް" ގެ ޓްރެއިލާ.

މި ފިލްމުގައި ހޯޕް ކުޅޭނީ މީގެ ކުރިން އޭނާގެ މަންމަ ޖެނެޓް ވެން ކުޅުނު ކަހަލަ ވެސްޕުގެ ރޯލެކެވެ. ހޯޕްގެ މަންމަ އަދި ފުރަތަމަ ވެސްޕްގެ ރޯލުން ފެނިގެންދާނީ އޮސްކާއަށް ނޮމިނޭޓުވެފައިވާ އެކްޓާ މިޝޭލް ޕައިފާ އެވެ.

އޭންޓް-މޭންގެ ރޯލުން ޕޯލް ރައިޑް ފެނިގެންދާއިރު ހޯޕް އާއި މިޝޭލްގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލުތަކުން ދެން ފެނިގެންދާނީ މައިކަލް ޑަގްލަސް އަދި ހެނާ ހެނާ ޖޯން އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޕޭޓޮން ރީޑް އެވެ.