ކުޅިވަރު

ލިވަޕޫލާއެކު ފަސް އަހަރަށް ސަލާހް ކޮންޓްރެކްޓް އާކޮށްފި

މިދިޔަ ސީޒަންގައި، އިނގިރޭސި ޕްރިމިއާ ލީގްގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ލިވަޕޫލާއެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ސާލްހްގެ އާ ކޮންޓްރެކްޓް ހަމަވާނީ 2023 ގައެވެ. ސަލާހް އެއްބަސްވުން އާ ކުރުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، ސަލާހް އެއްބަސްވުން އާ ކުރުމަކީ ލިވަޕޫލުން ހާސިލު ކުރަން ބޭނުންވާ މަގްސަދުގެ ބޮޑުކަން އަންގައިދޭ ކަމެއް ކަމަށެވެ.

އޭއެސް ރޯމާ ދޫކޮށް ލިވަޕޫލަށް މިދިޔަ ސީޒަންގައި ބަދަލުވެ، ލިވަޕޫލްގައި ކުޅުނު 52 މެޗުގައި ސަލާހް ވަނީ އެ ޓީމަށް 44 ލަނޑު ޖަހައިދީފަ އެވެ.

"މިކަމުން [ސަލާހް އެއްބަސްވުން އާ ކުރުމުން] ބޮޑު ދެ ކަމެއް ހާމަ ކޮށްދޭ، އެއީ އޭނާ ލިވަޕޫލްއާ މެދު ކުރާ އިތުބާރާއި އަހަރެމެން އޭނާއަށް ކުރާ އިތުބާރު،" ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ.

"އެންފީލްޑް [ލިވަޕޫލް ސްޓޭޑިއަމް] ން ފެންނަން އަހަރެމެން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ ތަރިން، އެ ކުޅުންތެރިންގެ ޕްރޮފެޝަނަލްވެ އެ ކުޅުންތެރިންގެ ހުވަފެން ދެކޭ ތަނަކަށް މިތަން ވެގެން ދާނެ، އަހަރެމެން އެންމެން އުންމީދު ކުރަނީ އެކަމަށް."

ލިވަޕޫލާއެކު މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރު ކުރި، ސަލާހްއާ ބެހޭގޮތުން ކްލޮޕް ބުނީ މިދިޔަ ސީޒަނަށްވުރެ ބޮޑަށް އަންނަ ސީޒަންގައި ސަލާހް ފެނިގެންދާނީ އިތުރަށް ކުރިއެރުން ހޯދާފައިވާ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ.

ސަލްހް ލިވަޕޫލާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރީ، ރެއާލް މެޑްރިޑުން އޭނާ ގެންދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.