ވިޔަފާރި

ލޭމްގެ އަަހަރީ އާއްމު ޖަލްސާ ޖުލައި 10 ގައި

Jul 2, 2018

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ލޭމް އިން ބުނީ އެ ޖަމިއްޔާގެ 11 ވަނަ އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާ އަށް އާ އެގްޒެކެޓިވް ބޯޑެއް ހޮވުމާއި އަހަރީ ރިޕޯޓު ހުށަހެޅުންވެސް އޮންނާނެ ކަމަށެވެ.

ލޭމް އިން ވަނީ އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ގޮތުން، އާ ދައުރަށް ބޯޑުގެ މަގާމު ތަކަށް ކުރިމަތިލާން ހުޅުވާލައި، މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ލޭމްގެ ހިންގާ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު އެގްޒެކެޓިވް ބޯޑު ހޮވަން ޖެހޭއިރު، ކޮންމެ ދެ އަހަރަކުން ހިންގާ ކޮމެޓީ ހޮވަން ޖެހެ އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާގައި މިހާރު 150 އަށްވުރެ ގިނަ މެންބަރުން ހިމެނެ އެވެ. މި ޖަމިއްޔާގެ މިހާރުގެ ރައީސް އަކީ އަބްދުﷲ ޝާހިދު އެވެ.