ހަބަރު

ކަނޑިތީމު ބަނދަރު ހުޅުވައި ދެއްވައިފި

Jul 2, 2018

ށ. ކަނޑިތީމު ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފި އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ފެށި ބަނދަރުގެ މި ސައްކަތް ނިންމާލާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ މި ބަނދަރަކީ 715 ފޫޓް ދިގު އަދި 300 އަކަފޫޓް ފުޅާ ބަނދަރެކެވެ. އަދި ބޮޑު ހިލައިގެ ރިވެޓްމަންޓާއި ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ވެސް ވަނީ ގާއިމް ކޮށްފައި ވެއެވެ.

މި ބަނދަރު މިއަދު އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެ މަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.