ހަބަރު

ށ. އަތޮޅުގެ ހަތަރު ރަށަކަށް ރައީސް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ށ. އަތޮޅު ބިލެއްފައްސަށާއި ކަނޑިތީމާއި ފުނަދޫ އަދި މިލަންދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ބިލެއްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ނިމުން ފާހަގަކުރުމާއި، ކަނޑިތީމުގެ ބަނދަރު ހުޅުވައި ދެއްވުމާއި، އެ އަތޮޅު ފުނަދޫގައި އަޅާ އެއާޕޯޓްގެ ބިން ހިއްކުން ނިމުން ފާހަގަކުރުމުގެ އިތުރުން މިލަންދޫގެ ނަރުދަމާ އިފްތިތާހުކުރުން ހިމެނެ އެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މާދަމާ އެވެ.