ހަބަރު

ފެންފުށިން ގެއްލުން މީހާ ހޯދައިފި، ހާލު ރަނގަޅު: އެމްއެންޑީއެފް

Jul 2, 2018
2
ފެންފުށި --
0%
0%
0%

އދ. ފެންފުށިން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ޕެންޒީގެ، އަދްނާން، 29 ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އަދްނާންގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުން އޭނާ އެންމެ ފަހުން ނިކުތީ ޑިންގީއެއްގަ އެވެ. އޭގެ ފަހުން ކައިރި ރަށްތައް ބަލައި ކަނޑުގެ ސަރަހައްދު ބެލިއިރު ވެސް އޭނާ ވަނީ ނުފެނިފަ އެވެ.

ނަމަވެސް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 7:16 ހާއިރު ފެންފުށީގެ ހުޅަނގު ދެކުނުން 20 ނޮކްޓިކް މޭލު ބޭރުން ޑިންގީއެއްގައި ހުއްޓާ އަދުނާން ފެނިފައިވާ ކަމަށެވެ. އޭނާ ހޯދާފައި ވަނީ "ރާސްތާ 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި ފެނުން އިރު ހާލު ރަގަނޅު ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިހާރު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345