ވިޔަފާރި

އަންނަތާރާގެ އާ ރިސޯޓެއް ވިއެޓްނާމްގައި ހުޅުވަނީ

Jul 3, 2018

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ، އަނަންތާރާގެ ރިސޯޓެއް ވިއެޓްނާމްގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ހޮޓެލް މެނޭޖުމަންޓް ނިއުސްގައިވާ ގޮތުން އަނަންތާރާ ކީނިއޯން ވިލާގެ ނަމުގައި މި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ އެވެ.

އަންނަތާރާގެ މި ރިސޯޓަކީ 26 ވިލާގެ ތަނެކެވެ. މި ރިސޯޓު ހުޅުވާ ސަރަހައްދުގައި އެއާޕޯޓެއް ވެސް ހުރެ އެވެ.

ވިއެޓްނާމްގައި އަންނަތާރާގެ ފުރަތަމަ ރިސޯޓު ހުޅުވާފައިވަނީ 2011 ވަނަ އަހަރު އެވެ.

އަނަންތާރާ އިން ރާއްޖޭގައި ދެ ރިސޯޓެއް ހިންގަ އެވެ. އެއީ އަނަންތާރާ ދިގުރަށް މޯލްޑިވްސް ރިސޯޓާއި އަންނަތާރާ ވެލި މޯލްޑިވްސް އެވެ.