ޕިއްޒާ ބޯނާ ތަފާތު ވާހަކަ ދައްކަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ޕިއްޒާ ބޯނާގެ ޕިއްޒާ މީރުވަނީ ހަމައެކަނި ދިވެހިންނަށް އެކަންޏެއް ވެސް ނޫނެވެ. ގިނަ ގައުމުތަކެއްގެ މީހުންނަށް ޕިއްޒާބޯނާއަކީ ހަމަ "ބެސްޓެ" ވެ. އެއްވަނަ އެވެ. މި ފަހަރު އެ ފަދަ ވާހަކަ އެކެވެ. ޕިއްޒާބޯނާގެ ޕިއްޒާއަށް މިވަނީ ސްޕެއިން އިން އޯޑަރެއް އައިސްފަ އެވެ. ސްޕެއިންގައި ދިރިއުޅޭ ޖޫލިޔާ ގާރާ އެދުނީ ރާއްޖޭގައި އުޅޭ އޭނާގެ ލޯބިވެރިޔާއަށް ދެ މީހުންގެ 14 ވަނަ އަހަރީ ދުވަހަށް ބޭނުންވާ ޕިއްޒާއެކެވެ. އެވެސް ސަޕްރައިޒް އެވެ.
"އަހަރެން ބޭނުންވީ 14 ވަނަ އެނުއާސަރީއަށް ސަޕްރައިޒްއަކަށް ޕިއްޒާއެއް ފޮނުވަން. ޕިއްޒާ ފޮނުވައި ދިނުމަށް އެދުނީމަ ވަރަށް ބޮޑަށް އެހީތެރިވެދިން އެމީހުން [ޕިއްޒާ ބޯނާ ގެ މުވައްޒަފުން] . ވަރަށް ފްރެންޑްލީ މުވައްޒަފުންތަކެއް އެއީ،" ޖޫލިއާ ފޭސްބުކްގައި ޝެއާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
އިނގިރޭސި ބަހާއި ސްޕެއިން ބަހުން ޕިއްޒާބޯނާ އަށް ތައުރީފު ކުރަމުން ޖޫލިއާ ބުނެފައިވާ ގޮތުގައި އޭނާގެ ލޯބިވެރިޔާ އަށް ޕިއްޒާ ފޮނުވައި ދީފައި ވެސް ވަރަށް އަވަހަށް ކަމަށެވެ. އަދި ޕިއްޒާބޯނާގެ ޕިއްޒާއަކީ މާލެ އިން ލިބެން ހުރި އެންމެ މީރު ޕިއްޒާގެ ގޮތުގައި އޭނާ ބުނެފައިވެ އެވެ.
"މެއިލް ކޮށްލުމާއެކު އަހަރެން ބޭނުންވި ރަހައިގެ ޕިއްޒާ ވަރަށް އަވަހަށް ފޮނުވައި ދީފި. ވަރަށް އަވަހަށް އެ ލިބިއްޖެ،" ޖޫލިއާ ބުނެފައިވެ އެވެ.
ޕިއްޒާގެ ވިޔަފާރީގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ޕިއްޒާބޯނާއިން ޕިއްޒާގެ އިތުރުން ސަބްމެރިން ވެސް ދަނީ ފޯރުކޮށްދެމުންނެވެ. ޕިއްޒާބޯނާގެ ސަމްބެރިންއަކީ ވެސް ގިނަ ބައެއްގެ މެދުގައި މިހާރު މަގުބޫލު އެއްޗެކެވެ. ޕިއްޒާބޯނާ މީހުންނަށް ކަމުދަނީ ހަމައެކަނި ރަހައަކުންވެސް ނޫނެވެ. މި ރަހަ ދިވެހިންނާއި ބޭރު މީހުންނަށް ވެސް ކަމުދާކަން އެނގެނީ މިފަދަ ޕޯސްޓްތަކުންނެވެ. މިފަހަރު އޯޑަރު މި ލިބުނީ ރާއްޖޭން ބޭރުންނެވެ.