ވިޔަފާރި

އިންގްލެންޑާއި ކޮލަމްބިއާ މެޗުގައި ކޮކާކޯލާއާއެކު ދިވެހިން ދަނޑަށް

ވޯލްޑްކަޕު މެޗެއް ބަލާލަން ދިއުމަށް، ދިވެހިންނަށް ކޮކާލޯއިން ހުޅުވާލި ފުރުސަތުގައި، ރަޝިއާ ދިޔަ، ކޮކާކޯލާގެ ދެ ވަނަ ބެޗަށް، ދެ ވަނަ ބުރުގައި ކޮލަމްބިއާ އާއި އިންގެލެންޑް ކުޅޭ މެޗު ބަލާލަން ދަނޑަށް ވަނުމުގެ ފުރުސަތު ދީފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަޝިއާއަށް ދިޔަ، ކޮކާކޯލާގެ ދެ ވަނަ ބެޗް މިހާރު ތިބީ، ކޮލަމްބިއާ އާއި އިންގެލެންޑް ބައްދަލު ކުރާ މެޗު ކުރިއަށްދާ މޮސްކޯގެ އޮޓްކްރީޓީ އެރީނާގަ އެވެ. އެ ދަނޑަކީ، ރަޝިއާގެ އެންމެ މަޝްހޫރު ދަނޑު ސްޕާޓަކް މޮސްކޯގެ ހޯމް ދަނޑެވެ.

ކޮކާކޯލާއިން ހުޅުވާލި ޕްރަމޯޝަންގައި، ކޯކޯލާގެ މަތިގަނޑު އެތެރޭގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން، ވޯލްޑްކަޕު މެޗެއް ބަލާލަށް ދިއުމުގެ ފުރުސަތު ކޮކާލޯއިން ދިނީ ގުރުއަތުން ހޮވުނު 30 މީހުންނަށެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ފުރި ފުރަތަމަ ބެޗުގައި ހިމެނެނީ 10 މީހުންނެވެ.

ފުރަތަމަ ބެޗުގެ ހިމެނުނު މެންބަރު ބަލާފައި ވަނީ، ގުރޫޕް ޖީ ގައި ބެލްޖިއަމް އާއި ޓިޔުނީޝިއާ ބައްދަލު ކުރި މެޗެވެ.

ކޮކާލޯއިން ބުނީ، ރާއްޖޭގެ ބެޗަށް ވޯލްޑްކަޕު ބަލާލަން ފުރުސަތު ލިބޭނީ މެޗު ބަލާލަން ފަސޭހަ ވިއު އަކުން ކަމަށެވެ.

ކޮކޯލާއިން ވޯލްޑްކަޕަށް ފޮނުވި 30 ދިވެހިންގެ ދަތުރުގެ ހަރަދާއި ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާފައި ވަނީ އެ ކުންފުނިންނެވެ. މި ދަތުރުގައި މޮސްކޯގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.