ހަބަރު

ފޭދޫ ފެންހިންދާ ނިޒާމް ގާއިމްކުރަން ސެނޮކް ޓްރޭޑް ކޮމްބައިންއަށް

Jul 4, 2018
1

ސ. ފޭދޫގެ ފެންހިންދުމުގެ ނިޒާމު ގާއިމުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ފެންހިންދުމުގެ ނިޒާމް ގާއިމް ކުރަން ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެވެ.

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ސެނޮކްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ އެކައުންޓަންޓް ޕްރަބާތް ރުވަންޕުރަ އެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 18,595,276.34 ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފޭދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ނެޓްވޯކެއް ގާއިމުކުރާނެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މަޝްރޫއުގެ މަގުސަދަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.