ހޮލީވުޑް

"އެވެންޖާސް 4"ގެ ޓައިޓަލް ލީކުވެއްޖެ

މާވެލް ސްޓޫޑިއޯސްއިން ގެނެސްދެމުން އަންނަ ސުޕަހީރޯ ފިލްމު ސީރީޒް "އެވެންޖާސް" ގެ ހަތަރު ވަނަ ފިލްމުގެ ޓައިޓަލް އެ ފިލްމުގެ ސިނެމަޓޯގުރާފަރެއްގެ ފަރާތުން ލީކުވެއްޖެކަމަށް މަޝްހޫރު ނޫހެއް ކަމަށްވާ އޮމެގާ އަންޑަގުރައުންޑުން ބުނެފި އެވެ.

އަންނަ އަހަރު ނިކުންނަ މި ފިލްމު ޓައިޓަލްއަކީ "އެވެންޖާސް: އެންޑް ގޭމް" ކަމަށް އެ ސިނެމާޓޯގުރާފަރުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. ޓްރެންޓް އޮޕަލޯކް ކިޔާ އެމީހަކީ އެންމެފަހުން މި އަހަރު ގެނެސްދިން "އެވެންޖާސް: އިންފިނިޓީ ވޯ" ގައި ސިނަމަޓޯޯގުރާފަރެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެކެވެ.

މާވެލް ސިނެމެޓިކް ޔުނިވާސްގެ ފިލްމުތަކުގައި 2014 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ. ޓްރެންޓު ވަނީ މާވެލް ސްޓޫޑިއޯސްގެ އެހެން ފިލްމުތައް ކަމަށްވާ "ކެޕްޓަން އެމެރިކާ: ދި ވިންޓާ ސޯލްޖާ" އާއި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ގައިވެސް މަސައްކަތްކޮށްފަ އެވެ.

"އެވެންޖާސް: އިންފިނިޓީ ވޯ" ގެ ޓްރެއިލާ.

އޮމެގާއިން ބުނި ގޮތުގައި ފިލްމު ޓައިޓަލް "އެވެންޖާސް: އެންޑް ގޭމް" ގެ ގޮތުގައި އޭނާގެ ވެބްސައިޓުގައި ކުޑައިރުކޮޅަކު ބޭންދުމަށްފަހު އޭނާ ވަނީ "އެވެންޖާސް 4" ބަދަލުކޮށްފަ އެވެ.

"އެވެންޖާސް 4" ރިލީޒްކުރަން ނިންމާފައި ވަނީ މެއި ތިނެއް، 2019 ގަ އެވެ.