ހަބަރު

އާސްތާނާ އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެ

Jul 7, 2018
3

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. އާސްތާނާ އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެ އެވެ.

އަބްދުއްޝަކޫރު އަވަހާރަވެފައިވަނީ މިއަދު ހެނދުނު އެވެ. އަވަހާރަވީިއިރު އުމުރުފުޅަކީ 79 އަހަރެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއް އަބްދުއްޝަކޫރު ކުރައްވާފައިވާއިރު ދިވެހި ބަހާއި ލިޔުންތެރިކަމާއި އަދަބިއްޔާތަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި އެވެ. ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ދާއިރާއިން 1985 ވަނަ އަހަރު ގައުމީ އިނާމު ވެސް އަބްދުއްޝަކޫރަށް ލިބިވަޑައިގެންފައިވެ އެވެ.

އަބްދުއްޝަކޫރަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ނާއިބު އަލީ އާމިރުގެ ބައްޕާފުޅެވެ. އަދި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވި އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ، އާތިފް ޝަކޫރާއި ކުރީގެ ސްޓޭޓް މިނިސްޓަރު އާތިފާ ޝަކޫރު އަދި އާލިމް ޝަކޫރުގެ ވެސް ބައްޕާފުޅު ވެސްމެ އެވެ.

އަބްދުއްޝަކޫރުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.