ކުޅިވަރު

މީ އިންގްލެންޑަށް އޮތް ރަނުގެ ފުރުސަތެއް

މިފަހަރުގެ ވޯލްޑްކަޕަކީ އިންގްލެންޑަށް އޮތް އެންމެ ރަނުގެ ފުރުސަތު ކަމަށް އިނިގިރޭސި ކޯޗް ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓް ބުނީ، މި ވަގުތު އިނގިރޭސިން އޮތީ ވަރަށް ރަނގަޅު މަގާމެއްގައި ކަމަށާއި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.

"މިވެދާނެ އަހަރެމެންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތު ކަމަށް، އަހަރެމެން ބޭނުމެއް ނޫން އަހަރެމެން ތައްޔާރު ނުވެޔޭ ކިޔާފައި ތިބެ ފެއިލްވާކަށް،" ސައުތުގޭޓް ބުންޏެވެ. "އަހަރެމެން ކުރާކަމަކަށް އެންމެ ރަނގަޅަށް ތައްޔާރުވެގެން އަހަރެމެން ތިބެން ޖެހޭނީ."

ކްއާޓާ ފައިނަލުގައި، މިއަދު ސްވިޑެންއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ސައުތުގޭޓް ވަނީ އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ ކޭން އަކީ "ހާއްސަ ލީޑަރެއް" ކަމަށެވެ.

ސައުތުގޭޓް ކޭން ގުޅުވީ، އިންގްލެންޑްގެ ރަގުބީ ލެޖެންޑް ޖޯނީ ވިލްކިންސަންއާއެވެ. ވިލްކިންސަންއަކީ 2003 ވަނަ އަހަރު ރަގްބީ ވޯލްޑްކަޕު އިންގެލެންޑް ކާމިޔާބު ކުރިއިރު އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

އިންގްލެންޑާ ސްވިޑެން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 7:00 ގަ އެވެ.