(5 ޖުލައި 2018 އާ ގުޅޭ)
"ޒިވަން!" އަރްސަލްއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ނިމްރާ ބުނެލިއެވެ. އެހިނދު އަރްސަލްއާއި ރާދިން ވެސް ނިމްރާއަށް ބަލާލީ ހައިރާންވެފައި ހުރެއެވެ.
"ހޭއި... ޔޫ ހޭވް ގްރޯން އަޕް ސޯ ބިއުޓިފުލް" ލުއި ހީނލުމަކާއެކު ޒިވަން ބުނެލިއެވެ. އަދި ނިމްރާއާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. ނަމަވެސް އަރްސަލްގެ ނިތަށް ގިނަވި ރޫތަކާއެކު ނިމްރާ އުފުލާލި އަތުގައި ހިފައިފިއެވެ.
"ޔޫ ނޯ ހިމް" އަރްސަލް އަހާލީ ނިމްރާއަށް ބަލާލަމުންނެވެ. ޤަބޫލުނުކުރެވިފައި ހުރި ފަދަ ގޮތަކަށް ޒިވަންއަށް ބަލަހައްޓައިގެން ހުރެފައި އަރްސަލްއަށް ނިމްރާ ބަލާލައިފައި ބޯޖަހާލިއެވެ.
"ކުޑައިރުގެ ފްރެންޑެއް ދޯ" އެއްވަރަކަށް ހިނިއައިސްފައި ހުރެ ޒިވަން ބުނެލިއެވެ.
"އެކަމަކު ޒޭވިއާ ތި އައީ ބޭރުގައި އުޅެފައެއްނު... އަހަރެމެންނާ ދިމާވީ ވެސް ކިޔަވަން އުޅުނުއިރު، ކިހިނެއް ތި ދެ މީހުން ކުޑައިރުގެ ރައްޓެހިންނަށްވާނީ" ރާދިން ބުންޏެވެ.
"ފަހުން ދެން އެ ވާހަކަދައްކާނީ... އަހަރެން ގާތު އަންނާށޭ ބުނީ ޚާއްޞާ ކުއްޖަކާ ބައްދަލުކުރާކަންނު، ދެން ތަޢާރަފްކޮށްދޭންވީނު" ޒިވަން ބަލާލީ އަރްސަލްއާއި ރާދިންއަށެވެ.
"ޑާލިންގް!... މީ މިކޭލް ކޮމްޕެނީގެ ސީއީއޯ ޒިވަން... އެންމެން ދަންނަ ނަމުން ނަމަ ޒޭވިއާ، މި ހޮޓެލްގެ ސެކިއުރިޓީ ހުރިހާ ކަމެއް ބަލަހައްޓާނީ ޒޭވިއާމެންގެ ކުންފުނީގެ ސްޓާފުން، ޕްރައިވެޓް އެލެވޭޓާއާއި ޕެންޓްހައުސްގެ ކަންކަން ބަލަހައްޓާނީ ޚުދު ޒޭވީއާ އަމިއްލައަށް... ޒޭވިއާ! މީ ނިމްރާ، މި ހޮޓެލްގެ ޗީފް ފައިނޭންސް އޮފިސަރ... ޝީ އިޒް ލައިކް ފެމެލީ" ޒިވަންއާއި ނިމްރާއަށް އެކަކުއަނެކަކުގެ ތަޢާރަފެއް ދިނީ ރާދިންއެވެ.
"ވާއު!... ސީއެފްއޯގެ ޕޯސްޓް، ގުޑް ޖޮބް ލިޓްލްވަން" އަޖައިބުވިކަމުގެ އަސަރު މޫނުމަތިން ދައްކާލަމުން ޒިވަން ބުނެލިއެވެ.
"ދޭ ގޭވް މީ ދި ޖޮބް، މައި ފަސްޓް ޖޮބް" ނިމްރާ ބުނެލިއެވެ.
"ޒޭވިއާ! ކިހާއިރެއްވަންދެން މިކޮޅުގައި އުޅޭނަން" އަރްސަލް އަހާލިއެވެ.
"އަދި މުހިންމު ކަމެއްނެތް، އެކަމަކު ދޭއްޖަހާއިރަށް އަހަރެން ދާންޖެހޭ... ކިހިނެއްވީ؟" އަތުގައި އޮތް ފޯނަށް ބަލާލައިފައި ޒިވަން ބުންޏެވެ.
"އަހަރެމެން އެހެން ދިމާއަކަށް ދާން މިދަނީ، އިރުކޮޅަކުން އަހަރެން ގުޅާލާނަން އިނގޭ" އަރްސަލް ބުނެލިއެވެ. ޒިވަން ބޯޖަހާލިއެވެ.
"އޯކޭ ނިމް! އަދި ދިމާވާނެއެއްނު ދޯ... ވާނެ ވާހަކަދައްކާލަން މީޓުވެލަން އިނގޭ، އައި ޑިޑިންޓް އެކްސްޕެކްޓް ޓު މީޓް ޔޫ، ބަޓް ރިއަލީ ގްލޭޑް އަލުން ބައްދަލުވީމަ، ބާއި! ސީ ޔޫ ސޫން ލިޓްލްވަން" ނިމްރާގެ ބޮލުގައި އަތްޖައްސާލާފައި ޒިވަން ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އަރްސަލްއާއި ރާދިންއަށް ބޮލުން އިޝާރާތެއްކޮށްލުމާއެކު އެ ކެބިންގެ ތެރެއިން ނުކުމެގެން ޒިވަން ހިނގައްޖެއެވެ.
"ލެޓްސް ގޯ ޑާލިންގް!... ނިމްއަށް ވަކިން ކެބިންއެއް ހުންނާނެ، ޔޫ އެންޑް ޔޯ ޕީއޭ ތިބެނީ އެތަނުގައި" ނިމްރާގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ރާދިން ބުނެލިއެވެ. އަދި ކެބިންގެ ދޮރާ ދިމާއަށް ހިނގައިގަތެވެ.
"އަފްޓާ ދިސް ވީ ނީޑް ޓު ޓޯކް" ނިމްރާއާ ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފާލައި މަޑުކުރުވަމުން އަރްސަލް ބުނެލިއެވެ. ވީގޮތެއް ނޭނގުނު ނަމަވެސް ނިމްރާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. އަރްސަލްގެ މޫނުމަތިން ކުރީން ފެނުނު އުފާވެރިކަން ފަނޑުވެއްޖެހެން ވެސް ނިމްރާއަށް ހީވިއެވެ.
ރާދިންއާއި އަރްސަލްއާއެކު ނިމްރާ އައިސް ވަނީ އެ މީހުން ތިބޭ ބަޔާއި ދުރުގައި ހުރި ކެބިންއަކަށެވެ. ހުރިހާ ފާރުތަކެއްގައި ހުރީ ހުދުކުލަ ލާފައެވެ. އެއްފަރާތު ފާރުގައި ބިއްލޫރި ދެ ފައިލު ކަބަޑު ލައްކޮށްފައި ހުއްޓެވެ. ފަރުނީޗަރުތައް ވެސް ހުރީ ހުދު ކުލައިގައެވެ. ބިއްދޮށުގައި ވަނީ ތަޅުމުން ފެށިގެން މަތީ ފަންގިފިލާއާ ހަމައަށް ބިއްލޫރި ޖަހައި ބްލައިންޑްސް ހަރުކޮށްފައެވެ. ބްލައިންޑްސްގެ ދޭތެރެތައް ދުރުކޮށްލައިފައި ހުރުމުން ކޮންމެވެސް ވަރަކަށް އޮފީސް ތެރެއަށް އަވި އެޅިފައި އޮތެވެ. ނިމްރާގެ މޭޒު މަތީގައި ހުރި ބިއްލޫރި މާވަށިގަނޑުގައި ހުދުކުލައިގެ ފިނިފެންމާ ބޮނޑިއެއް ޖަހާފައި ހުއްޓެވެ. ދޮރުން ވަންނައިރު ކަނާއަތް ފަރާތު ފާރުގައި ކަޅުކުލައިގެ ފްރޭމްގައި ހުރި ކުރެހުންތަކެއް ހަރުކޮށްފައި ހުއްޓެވެ. މެހެމާނުން މަޑުކޮށްލުމަށް މެދު ސައިޒުގެ ކަޅު ލެދަރުގެ ސޯފާއެއް އެއްފަރާތުގައި ބެހެއްޓިފައި ހުރިއިރު ސޯފާގެ ދެ ފަރާތުން ސިންގަލް ސޯފާ ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ގޮނޑިތަކުގެ މެދަށްވާގޮތަށް ބިއްލޫރި ކޮފީ މޭޒު ހުރިއިރު ދަށުގައި ކޮންޓެމްޕަރަރީ އޭރިއާ ރަގެއް އަޅާފައި އޮތެވެ. އަރްސަލްއާއި ރާދިން ތިބޭ ކެބިންއާ މުޅިން ތަފާތެވެ.
"ނިމް! މީޓް އީވާ... ޔޯ ޕީއޭ، އީވާ ވެސް ޖޮއިން އެވީ މިއަދު" އެއްފަރާތުގައި ހުރި މޭޒުގެ ކައިރިން ނުކުމެ ހުއްޓިލައިގެން ހުރި އަންހެންކުއްޖާއަށް އިޝާރާތްކޮށް ރާދިން ބުނެލިއެވެ. ނިމްރާ އައިސް އީވާއާ ސަލާމްކޮށްލިއެވެ.
އަރްސަލް އައިސް ކެބިންގެ ތެރޭގައި ހުރި ސޯފާގައި އިށީނެވެ. ނިމްރާ އިންނަން ޖެހޭ މޭޒުގެ ދޮށުގައި އޭނާ ބޭންދުމަށްފަހު މަސައްކަތްތަކާ ބެހޭ ކަންކަން ރާދިން އޮޅުން ފިލުވައިދިނެވެ. ނިމްރާއަށް ޚާއްޞަ ކުރެވިފައި ހުރި މެކްބުކްއަކާއި ޓެބްލެޓެއް މޭޒުމަތީ އޮތެވެ. މެކްބުކް ހުޅުވާލުމަށްފަހު ނެޓްވޯކް ތެރޭގައި ހުރި އޮފީސް ފައިލްތައް ބަލާނޭ ގޮތާއި ބޭނުންކުރާނޭ ގޮތް ރާދިން އޮޅުން ފިލުވައިދިނެވެ. އަދި ނިމްރާއަށް ޚާއްޞަކޮށްފައިވާ އީމެއިލް އެޑްރެސް ބުނެދިނެވެ. ހޮޓެލްގައި ބޭއްވޭ އިވެންޓްތައް މެނޭޖް ކުރާނީ ވެސް ނިމްރާ ކަމުގައި ރާދިން ބުންޏެވެ.
"ނައު އައި އޭމް ސްކެއާޑް" ރާދިން ހުރިހާ ކަމެއް ކިޔައިދީ ނިންމާލުމާއެކު ނިމްރާ ބުނެލިއެވެ.
"ޑޯންޓް ވޮރީ... ނިމްއަށް އެހީވާން އީވާ ހުންނާނެ، އަހަރެމެން ވެސް ތިބޭނެއެއްނު، ނޭނގިއްޖެއްޔާ އަހަންނަށް ނޫނީ އަރްސަލްއަށް ގުޅާލާ، އަސްލު ދެން ބޮޑަށް ކަންކަން އެނގޭނީ ވޯކް ކުރަން ފެށީމަ، އައި ނޯ ޔޫ ކޭން ޑޫ އިޓް... އައި ހޭވް ސީން ޔޯ ވޯކް" ހީނލާފައި ރާދިން ބުނެލިއެވެ.
"ތޭންކްސް ރާދު" ނިމްރާ ހިނިތުންވެލިއެވެ.
"އަރްސަލް!... ލެޓްސް ގޯ... ސީ ޔޫ ލޭޓާ ޑާލިންގް، ކަމެއް ޖެހިއްޖެއްޔާ ގުޅާ އިނގޭ" ރާދިން ބޯޖަހާލާފައި އެނބުރިލީ ސޯފާގައި އިން އަރްސަލްއާ ދިމާއަށެވެ.
"ރާދު ދޭ، އަހަރެން މި ދަނީ" ކޮޅަށް ތެދުވެފައި އަރްސަލް ބުނެލިއެވެ. ރާދިން ނުކުމެގެން ދިއުމުން އަރްސަލް ބަލާލީ ނިމްރާއަށެވެ. އަވަސްއަވަހަށް ނިމްރާ ގޮނޑިން ތެދުވިއެވެ. އަރްސަލް އަތުން އިޝާރާތްކޮށްލި ގޮތުން އޭނާއާއެކު އަންނަންވީކަން ނިމްރާއަށް އެނގުނެވެ. ބުޑަށްހިފާފައި ހުރި ތިރި ރަނގަޅުކޮށްލަމުން ނިމްރާ ހިނގައިގަތެވެ.
ނިމްރާ ގޮވައިގެން އައިސް ޕްރައިވެޓް އެލެވޭޓާ ތެރެއަށް އަރްސަލް ވަނެވެ. އޭގެ ދޮރުފަތް ލެއްޕުމާއެކު ނިމްރާގެ އުނަގަނޑުގައި ހިފާ އަރްސަލްއާ ގާތަށް ދަމާލިއެވެ.
"ވަޓް އާ ޔޫ ޑުއިންގް" ހައިރާންކަމާއެކު ނިމްރާ ބުނެލިއެވެ.
"ރެމެންބާރ ޔޫ އާ މައިން" ލޯ ހިމަކޮށްލަމުން އަރްސަލް ބުނެލިއެވެ.
"އައި ނޯ ދެޓް... ދި ޑެވިލް އޯންސް މީ، އިޓްސް ނޮޓް ސަމްތިންގް ނިއު" ނިމްރާ ދެކޮނޑު އުފުލާލަމުން ފަރުވާކުޑަ ގޮތަކަށް ވަށައިގެން ކަޅި ހިންގާލިއެވެ. އެލެވޭޓާ ހުއްޓުމާއެކު ނިމްރާގެ އަތުގައި ހިފައިގެން އަރްސަލް ނުކުތީ ހިމޭން ވެފައި އޮތް ބެލްކަންޏަކަށެވެ. ކިތައްވަނަ ފަންގިފިލާކަމެއް ވެސް ނިމްރާއަކަށް ނޭނގެއެވެ. ބެލްކަންޏަށް ނުކުންނަން އައިއިރު ކޮރިޑޯ ވެސް އޮތީ ފަޅުވެފައެވެ.
"ކިހިނެއް ޒޭވިއާ އެނގެނީ؟ އަހަންނަށް އެނގޭ ތީ ކުޑައިރުގެ ރަޙުމަތްތެރިންނެއްނޫންކަން... ޑިޑް ޔޫ ހޭވް އަ ރިލޭޝަންޝިޕް ވިތް ހިމް" ނިމްރާގެ އަތުން ދޫކޮށްލުމާއެކު އަރްސަލް ސުވާލުކޮށްލިއެވެ. އަރްސަލްއަށް އައި ބަދަލު ނިމްރާއަށް އެނގުނީ ދެނެވެ. ޒިވަންއާއި ނިމްރާއާ ދެމެދު އޮތް ގުޅުމެއް ނޭނގޭތީ އެކަމާ އަރްސަލް ހިތްނުތަނަވަސްވީކަން ޔަގީނެވެ.
"ވައި؟ އާ ޔޫ ޖެލަސް" ދެއަތްއުރާލައި އެއްފައި މައްޗަށް ބުރަވެލަމުން ނިމްރާ އަހާލީ އެއްމިޔަކަނުން ހިނިތުންވެލައިގެން ހުރެއެވެ.
"ޑޯންޓް ޕްލޭ ވިތް މީ... ޖަސްޓް ޓެލް މީ ދި ޓްރުތް" އަރްސަލްގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.
"އޯކޭ ފައިން... އަހަރެމެން ދެމީހުން ދިމާވީ ލައިބްރަރީއިން، އައި ވޯޒް ސްޓްރަގްލިންގް... ހީ ހެލްޕް މީ ވިތް މައި އިންގްލިޝް އެސޭ، އައި ލާން އަ ލޮޓް ފްރޮމް ހިމް، އިޓް ވޯޒް ހިޒް ލާސްޓް އިޔާ އިން ހައި ސްކޫލް، އައި ވޯޒް އަ ނިއު ބީ... އަހަރެމެން ދެ މީހުން ލައިބްރަރީއިން ދިމާވާ ފަހަރަކު ވެސް އަމިއްލަ ވާހަކަތަކެއް ނުދައްކަން... އެހެންވެ ޒިވަންގެ ނަންފިޔަވައި އިތުރު އެއްވެސް އެއްޗެއް ނޭނގޭ، އޭނާ ވެސް ވަރަށް ގިނައިރު ލައިބްރަރީގަ އިންނާނެ، އައި ޑޯންޓް ހޭވް ފްރެންޑްސް... ސޯ އަހަރެން ވެސް ސްޓަޑީޒްގެ މަސައްކަތް ކުރަން ގިނައިން އިންނަނީ ލައިބްރަރީގައި... ދެއާ އިޒް ނަތިންގް މަޗް ޓު ސޭ އަބައުޓް ހިމް، ހިޔެއްނުކުރަން މިހާ ދުވަސްފަހުން ދިމާވެދާނެކަމަކަށް... ވަރަށް ސަޕްރައިޒްވި" ޒިވަންއާއި ނިމްރާއާ ދެމެދު އޮތް ގުޅުމަކީ ކޮބައިކަން އޭނާ އަރްސަލްއަށް އޮޅުންފިލުވައިދިނެވެ.
"ސްމޯލް ވޯލްޑް" އިރުކޮޅަކު ހުރެފައި އަރްސަލް ބުނެލިއެވެ.
"އެންޑް ދި ޑެވިލް ގޮޓް ޖެލަސް ފޯ ނޯ ރީޒަން" ނިމްރާ ދިމާކޮށްލާ ފަދަ ގޮތަކަށް ބުނެލިއެވެ.
"އައި އޭމް ނޮޓް ޖެލަސް" ހަރުކަށި ރާގެއްގައި އަރްސަލް ބުނެލިއެވެ.
"އިޓްސް މައި ފަސްޓް ޑޭ އެޓް ވޯކް... ބޮސްއާ އެއްކޮށް މިގޮތަށް ވަގުތު ހޭދަކުރަންޏާ މަސައްކަތެއް ކުރާނޭ ވަގުތެއް ނުވާނެ، އަހަރެން މިދަނީ" ނިމްރާ ބުނެލިއެވެ. އަރްސަލް އިތުރު އެއްޗެއް ނުބުނެ ނިމްރާއާ އެއްކޮށް ހިނގައިގަތެވެ. އޭނާގެ ތުންފަތުގައި ކުރިން ނުވި ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
ނިމްރާ އޭނާގެ ކެބިންއާ ދިމާއަށް ދިއުމުން އަރްސަލް ހިނގައިގަތީ އޭނާއާއި ރާދިން ތިބޭ ކެބިންއާ ދިމާއަށެވެ. ކެބިންއަށް ވަދެވުމާއެކު އެކު އޭނާ ރާދިން ގޮވައިގެން ނުކުތީ ހޮޓެލްގެ ރެސްޓޯރެންޓަށް ދާށެވެ. އެ ތަނުން އެ ދެ ޒުވާނުންނާއި ޒިވަން ބައްދަލު ކުރިއެވެ. އަރްސަލް ޝައުގުވެރިވީ ނިމްރާއާއި ޒިވަން ބައްދަލުވި ގޮތް ޒިވަންގެ ދުލުން އަޑުއަހާށެވެ. ރާދިން ވެސް އިނީ އެ ވާހަކަ އަޑު އެހުމަށް ޝައުގުވެރިވެފައެވެ. ޒިވަންގެ ވާހަކައިން ވެސް އަރްސަލްއަށް އެނގުނީ ނިމްރާ ކިޔައިދިން ވަރަށެވެ. އެ ދެ މީހުންގެ ވާހަކަ އެއްގޮތެވެ.
"ކުރިން ވަރަށް ދިގު އިސްތަށިގަނޑެއް އޮންނާނެ، ވަރަށް ލަދުރަކިވާނެ، މިހާރު ވަރަށް ތަފާތު... އެކަމަކު ވަރަށް ލޯބި ދޯ ހުންނަ ގޮތް، ވަރަށް މެޗުއާ ވައްތަރު ޖަހަނީ" ޒިވަން ބުނެލިއެވެ.
"ޝީ އިޒް ސްކާލެޓް... ހިސް ސްކާލެޓް" ރާދިން ބުނެލީ ޒިވަންއަށް އެއްޗެއް ވިސްނައިދޭން އުޅޭ ފަދަ ގޮތަކަށެވެ.
"ވަޓް!... ރިއަލީ!... ތެދެއް އަރްސަލް" ޒިވަންއަށް ރާދިން ބުނި އެއްޗެއް ނަގައިގަނެވުމާއެކު ވަގުތުން އަރްސަލްއަށް ބަލާލިއެވެ.
"އައި ހޭވް ޓު ގޯ" އަރްސަލް އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ނިކަން އަވަހަށް ބުނެލިއެވެ. އެއާއެކު ޒިވަންއާއި ރާދިން ހީނގަތީ އެއްފަހަރާއެވެ.
އީވާއަކީ ދިގު ބުޅި އިސްތަށިގަނޑެއް ލިބިފައިވާ އޮޅަލި ކުލައިގެ ފަތިހަށިގަނޑެއްގެ ވެރިއެކެވެ. ޒުވާންވެފައި އެ މޫނުން ފެންނަ ހިނިތުންވުމުގައި ހިތްހެޔޮކަމާއި ހިތަށް ފިނިކަން ލިބޭފަދަ އަސަރެއް އެކުލެވިފައިވެއެވެ. ހުދުކުލައިގެ އަތްދިގު ޝިފޯން ގަމީސް ހުރީ ކަޅުކުލައިގެ ހިމަ އޮފީސް ފަޓުލޫނުގެ ދަށަށް ޖަހާލާފައެވެ. އަރާފައި ހުރި ކަޅުކުލައިގެ ސްކައި ހައި ކްލެސިކް ހީލްސްގައި އީވާ ވަކިން އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ޕްރެފެޝަނަލް ގޮތް އީވާގެ ފަރާތުން ފެނެއެވެ.
"ޔޯ ހެއާ... ނެޗުރަލް ކާލްސްތަ؟ ވަރަށް އުނދަގޫ ދޯ މެއިންޓެއިން ކުރަން" މޭޒު ކައިރީ އިނދެފައި ނިމްރާ އަހާލިއެވެ. ނިމްރާއަށް އެންމެ ފާހަގަކުރެވުނީ އީވާގެ އާދަޔާ ޚިލާފު ބޮޑު އިސްތަށިގަނޑެވެ.
"ނެޗުރަލް ހަމަ... ވަރަށް ބަލައިގެން އުޅެނީ" ހިނިތުންވެލަމުން އީވާ ބުނެލިއެވެ.
"ލަވް ޔޯ ހެއާރ... މިއަދު މީ އަހަރެންގެ ވެސް ފުރަތަމަ ދުވަސް، އެހެންވެ ކުރިއަށް މާބޮޑު ޕްލޭންތަކެއް އަދިނެތް، އީވާއަށް ހަވާލުކުރާނޭ މަސައްކަތެއް ވެސް ނެތް، މިކޮޅަށް އިންޓަވިއުއަށް އައިސްގެންތަ ޖޮބަށް ނުކުތީ... މީގެ ކުރީން ވޯކް ކުރީންތަ؟" ނިމްރާ ބޭނުންވީ އޭނާގެ ޕީއޭގެ ވަނަވަރު އެނގޭށެވެ.
"އަލަށް ޖޮއިންވީ... އަޅުގަނޑުގެ ފަސްޓް އެކްސްޕީރެއެންސް މީ، މޭމް ދުރުވާނެކަމަށް ރާދިން ބޮސް ވިދާޅުވި، އެހެންވެ މިއަދު އޮފީހަށް ނުކުންނަ ގޮތަށް ހަމަޖެހުނީ ވެސް" އީވާ ބުނެލިއެވެ.
"ޔޫ ލުކް ވެރީ ޔަންގް، އަހަރެމެން ދެ މީހުންގެ އުމުރުގައި މާބޮޑު ތަފާތެއް ނުހުންނާނޭހެން ހީވަނީ، މޭމް ކިޔުމުގެ ބަދަލުގައި ނިމްރާ ނޫނީ ނިމް ކިޔަސް އޯކޭ، އަހަރެމެން ދެ މީހުން ތިބޭއިރު އެހާ ފޯމަލް ނުވިޔަސް އޯކޭ އިނގޭ" ނިމްރާ ބޭނުންވީ އެކުވެރި މާޙައުލެއް އިވާއާ ދެމެދުގައި ބޭއްވުމަށެވެ. އީވާއަށް ނިމްރާގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. އުމުރުން ވިހި އަހަރުގައި ވެސް އިވާ ވަނީ އޭނާ ކުރިއަށް ދާނޭ ދާއިރާ ކަނޑައަޅާފައެވެ. ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ޝައުގުވެރިކަމެއްނެތް އީވާ ބޭނުންވަނީ ކޮންމެވެސް ދުވަހަކުން އޭނާގެ އަމިއްލަ ހޮޓަލެއް ހިންގާށެވެ. ތަޖުރިބާއަކީ ދާންވާ މަންޒިލަށް ވާސިލުވުމަށް އެޅޭ ބިންގާއެކެވެ. އަންހެން ވެރިއެއްގެ ދަށުން މަސައްކަތް ކުރުމަށް ލިބުމަކީ އީވާއަށް އިތުރު ހިތްވަރެއް ލިބުނު ކަމެކެވެ.
ފުރަތަމަ ދުވަސް ދިޔައީ ކިތަންމެ އާދައިގެ ގޮތަކަށް ނަމަވެސް ކުރިއަށް އޮތް ދުވަސްތައް އެހާ ލުއި ނުވާނޭކަން ނިމްރާއަށް އެނގެއެވެ. އީވާ ގެއަށް ފޮނުވާލާފައި ނިމްރާ އެނބުރި ޕެންޓްހައުސްއަށް އައީ އަރްސަލްއާއި ރާދިންއާއެކުއެވެ. އެންމެން އެކުގައި ސައިބޮއެގެން އަރްސަލްއާއި ރާދިން އެނބުރި އެމީހުންގެ ގެއަށް ދިޔައެވެ. އެރޭގެ ނުވައެއް ޖެހިއިރު އަނެއްކާ ވެސް އެންމެން ނިމްރާގެ އެޕާޓްމެންޓަށް ޖަމާވިއެވެ. ފުރަތަމަ ދުވަސް ދިޔަ ގޮތާމެދު ޝިހާނާއި ހަލަފް ސުވާލުކުރިއެވެ. އެންމެންނާއެކު ހޭދަވެގެންދިޔަ އުފާވެރި ވަގުތުކޮޅަކު ނިމްރާގެ ހަނދާނުގައި ރައްކާކުރިއެވެ. ދުވަހަކު ވެސް ގާތް އެކުވެރިންތަކެއް ލިބޭނޭކަމަށް ހީނުކުރެވުނު ނަމަވެސް މިހާރު ނިމްރާގެ ޚިޔާލު ތަފާތުވެއްޖެއެވެ. ދުނިޔެއާ މެދު ދެކޭ ގޮތް ވެސް މަޑުމަޑުން އޭނާގެ ބަދަލުވެއްޖެއެވެ. އުފާން ބިރުގަނެފައިވާ ހިތަށް އެ ފުރުޞަތުދޭން ނިމްރާ ބޭނުންވިއެވެ. އަރްސަލް އަބަދުމެ ބުނާ ފަދައިން އޭނާގެ ހަޤީޤީ މިލްކަކަށްވުމަށް ވަރަށް ބޮޑަށް ނިމްރާގެ ހިތް އެދެން ފަށައިފިއެވެ. އެކަމަކު އެކަން ހާމަކުރާނޭ ގޮތެއް ނިމްރާއަކަށް ނުވިސްނެއެވެ.
* * * * *
ޖެހިގެން އައި ދުވަހު ހެނދުނު ވެސް އަރްސަލްއާއި ރާދިން އޮފީހަށް ވަނުމުގެ ކުރީން ނިމްރާ ބަލައި ޕެންޓްހައުސްއާ ހަމައަށް އެރިއެވެ. އޮފީހަށް ދިޔައީ އެންމެން އެކީގައެވެ. ނިމްރާ އައިސް އޭނާގެ ކެބިންއަށް ވަންއިރު އީވާ މޭޒު ދޮށުގައި އިނެވެ. ނިމްރާ ފެނުމާއެކު ހެނދުނުގެ ސަލާމްކޮށްލުމުގެ ގޮތުން ބާއްޖަވެރި ހެނދުނަކަށް އެދުނެވެ. އެ ސަލާމުގެ ރައްދު ނިމްރާ ދިނެވެ. އަދި އައިސް އޭނާގެ މޭޒު ދޮށުގައި އިށީނެވެ. އެއާއެކު ނިމްރާއަށް ފޮނުވާފައި ހުރި އީމެއިލްތަކުން އީވާ ފެށިއެވެ.
މެންދުރު ވާން އުޅެނިކޮށް އަރްސަލްގެ ފޯނަށް ބިލާލުގެ މެސެޖު އައެވެ. އެރޭ އިޝާ ނަމާދުގެ ފަހުން އޭނާއާ ބައްދަލުކުރަން އެގެއަށް އައުމަށް ހަނދާންކޮށްދިނުމުގެ މެސެޖެކެވެ. އަރްސަލް އޯކޭ ޖަހާލަމުން ބިލާލުގެ މެސެޖަށް ޖަވާބު ފޮނުވާލިއެވެ. މެންދުރު ކާންދާން ނިމްރާއަށް ގުޅިއިރު އޭނާ އިނީ އީވާ ގޮވައިގެން ރެސްޓޯރެންޓުގައެވެ. އީވާ އިނުމުން ނިމްރާއާ ބައްދަލުކުރަން ދިއުމުގެ ޚިޔާލު އަރްސަލް ދޫކޮށްލިއެވެ.
މެންދުރުފަހު ދޭއް ޖަހަން އުޅެނިކޮށް "ޗެރިޓީ" އިވެންޓެއް ބާއްވަން ބޭނުންވެގެން ހޮޓެލްއަށް އައި ފޯނު ކޯލަށް އީވާ ޖަވާބުދިނެވެ. ބޭނުންވާ މަޢުލޫމާތު ނޯޓު ކުރުމަށްފަހު އެ މަޢުލޫމާތު ނިމްރާއާ އިވާ ޚިއްސާކުރިއެވެ. އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ދިމާކޮށް ބާއްވަން ބޭނުންވާކަމުގައި ވިއެވެ. ޒުވާން ޖަމިއްޔާއަކުން ލައިވް މިއުޒިކާއެކު ޑިނާ ނައިޓެއް ގޮތަށް ކުރިއަށް ގެންދަން ބޭނުންވާ އިވެންޓު ބާއްވަން ބޭނުންވަނީ ހޮޓެލްގެ ބޯލްރޫމުގައެވެ. އެކަމަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ހަވާލުވެފައި އޮތީ ނިމްރާއާއެވެ. އީވާ ހުރީ އޭނާ ދޭ އިރުޝާދުގެ މައްޗަށް ކަންކަން ކުރުމަށް އަވަސްވެލާފައެވެ.
"ނިމް!... ރިސެޕްޝަނުން އެ ގުޅީ، ނިމްއާ ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނީ، އެޕޮއިންޓްމެންޓެއް ނެތި ފޮނުވަންވީ ހޯ މައްޗަށް" ފޯނުގެ އަތްގަނޑު ހިފަހައްޓާލައިގެން އިނދެ އީވާ ބުނެލިއެވެ.
"ކާކުބާ؟ ކޮންތަނަކުން އައި ކޮންނަމެއް ކިޔާ މީހެއްތޯ އޮޅުންފިލުވަބަލަ، އަހަންނާ ބައްދަލުކުރާކަށް އަސްލު ނުޖެހޭނެ، އިވެންޓާ ގުޅުން ހުރި މީހަކު އަދިއެއް ނާންނާނެއެއްނު، މާދަމާ ބައްދަލުކުރަން އެ މީހުންނަށް ވަގުތެއް ދޭނަމޭ ބުނެފައެއްނު އޮތީ ވެސް" ނިމްރާ ވިސްނަމުން ވާހަކަދެއްކިއެވެ. އޭނާ އެދުނުހެން އީވާ ސުވާލުކުރިއެވެ.
"މާނުއޯ ކިޔަނީ... ނިމްރާ މެޑަމްއަށް އެހެން ބުނުމުން އެނގޭނެއޯ އެ މީހާ ބުންޏޯ، ރިސެޕްޝަންގަ ހުރި ކުއްޖާ ބުނީ" އީވާ ބުންޏެވެ. އެހިނދު ނިމްރާގެ މޫނުމަތިން ވަގުތުން މިލައިގެން ދިޔައެވެ. އެ އަސަރު އީވާއަށް ވެސް ފާހަގަވިއެވެ.
"ނިމް!... ކީކޭ ބުނަންވީ؟" ނިމްރާ އަނގައިން ނުބުނެ ހުއްޓުން އަރާފައި އިނުމުން އީވާ އަހާލިއެވެ.
"ބުނޭ އަހަރެން ބިޒީއޭ، އެޕޮއިންމެންޓްއާ ނުލާ ބައްދަލެއްނުވާނޭ، އީވާ!... އޭނާ ގުޅިޔަސް އަހަންނަށް އެޕޮއިންމެންޓެއް ނުދޭތި" ނިމްރާ އަވަސްއަރުވާލާފައި ބުނެލިއެވެ. އޭރު ނިމްރާގެ ބޮލުގައި ވެސް ރިއްސައިގަނެއްޖެއެވެ.
"ހައު ޑެއާރ ހިމް، މި ހޮޓެލަށް އަހަރެން ހޯދަން އަންނަން އެނގުނީ ކިހިނެއް؟ އަހަންނަށް ފާރަލަނީތަ؟ އައި ޑޯންޓް ވޯންޓް ޓު ސީ ހިމް، އޭނާގެ މޫނު ދުށުމަށް ވެސް ނޭދެން... ދުވަހަކު ހަނދާންކުރަން ވެސް ބޭނުމެއްނޫން، އުމުރަށް އެ ހަނދާންތައް ފުހެލަން ބޭނުންވަނީ" ދަތްކުނޑިވިކާލެވުނު ނިމްރާއަށް ހިތާހިތުން ބުނެލެވުނެވެ.
"އާ ޔޫ އޯކޭ" ނިމްރާއަށް ވެފައި އިން ގޮތް ފެނި އީވާ އަހާލިއެވެ. ގަދަކަމުން ނިމްރާ ހިނިތުންވެލަމުން ބޯޖަހާލާފައި ލެޕްޓޮޕްއިން މަސައްކަތް ކުރާ ކަމަށް ހެދުނެވެ.
ނިމްރާ ޕެންޓްހައުސްއަށް އާދެވުމާއެކު އަރްސަލްގެ ގާތުން އެދުނީ އޭނާ އަރާމުކޮށްލަން ބޭނުންވާކަމުގައެވެ. އެހެންވެ އަރްސަލް ވެސް މަޑުކުރާކަށް ނުހަދައެވެ. ރާދިންއާ ދެމީހުން ނިމްރާއަށް ވަގުތު ދީފައި ގެއަށް ދިޔައީއެވެ.
"ވަޓް ޑޫ ޔޫ ވޯންޓް ނައު؟" މިޢުވާނުގެ ޚިޔާލުގައި އެނދުގައި އޮތް ނިމްރާ މަޑުމަޑުން ބުނެލިއެވެ.
* * * * *
"ރާދު!... އަހަރެން... އަހަރެން މިދަނީ ބައްޕަ ގާތަށް، ވާހަކައެއް ދައްކަން... އެ މީޓިން ނިމުނީމަ އަންނާނަން" އަރްސަލް ގެއިން ނުކުތުމުގެ ކުރީން ރާދިން ގާތު ބުނެލިއެވެ. އޭނާ އިނީ ރާދިން ނަމާދުން ފައިބައިގެން ގެއަށް އަންނަން ދެން މަޑުކޮށްގެންނެވެ.
"ރިއަލީ... ޔާ އޯކޭ... ބައްޕަދެކެ ރުޅި ނާންނައްޗޭ، ރުޅި އަޔަސް ކޮންޓްރޯލު ކުރެވޭތޯ ބަލާތި އިނގޭ" ރާދިން އުފާވިކަން އޭނާގެ މޫނުމަތިން އަރްސަލް ދުށްޓެވެ. ބޯޖަހާލަމުން ރާދިން ބުނި އެއްޗަކަށް އަރްސަލް އެއްބަސްވިއެވެ. އަދި ކާރު އޭނާ ނަގަނީކަމުގައި އަރްސަލް ބުނެލާފައި އެޕާޓްމެންޓުން ނުކުތެވެ.
* * * * *
އިޝާ ނަމާދުން ފައިބައިގެން އައިސް ސްޓަޑީއަށް ވަން ގޮތަށް އެތަނުގައި ހުރި ބޮޑު މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި ބިލާލު އިނެވެ. އޭނާ ހީވަނީ ފިކުރުބޮޑުވެފައި އިންހެނެވެ.
"ބިލާލު!... ކޮފީއެއް ވިޔަސް ގެނެސްދޭންތަ؟" ސްޓަޑީގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަން ޝަރުމީނު އަހާލިއެވެ.
"ނޫން! ފެންޖަގަކާއި ދެ ތަށި ގެނެސްދީ، އަރްސަލް މިހާރު އަންނަން އުޅޭނެ، އަހަރެން ބޭނުންވަނީ އަހަރެމެން ދެ މީހުން މިތަނުން ނުކުންނަންދެން އެކަކު ވެސް މި ކޮޓަރިއަށް ނުވަނުން" ބިލާލު ބުންޏެވެ. ޝަރުމީނަށް ނޭނގޭ ހަޤީޤަތެއްވާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އަރްސަލްއާއި ބިލާލުގެ ދެމެދުގައި ދެކެވެން އުޅެނީ ސިއްރުވެފައިވާ ހަޤީޤަތްކަން ޝަރުމީނަށް އެނގެއެވެ. ނަމަވެސް އެއީ ބިލާލުގެ ފުރަތަމަ އަނބިމީހާއެވެ. ފުރަތަމަ ލޯތްބެވެ. އެ ދިރިއުޅުމާ ބެހޭ މާގިނަ ވާހަކަތަކެއް ޝަރުމީނާ މިހާތަނަށް ބިލާލު ޚިއްސާކޮށްފައެއްނުވެއެވެ. ބިލާލު އެދުނުހެން ޝަރުމީނު ތަބަކަކަށް ފެންޖަގަކާއި ބިއްލޫރި ދެތަށި ލައިގެން ގެނެސް ސްޓަޑީގެ ދިގުވަށް މޭޒުގެ މަތީ ބިލާލާ ކައިރިވާނޭހެން ބެހެއްޓިއެވެ.
"އަހަރެން ކޮޓަރިއަށް މިދަނީ" ނުކުމެގެން ދަމުން ޝަރުމީނު ބުނެލިއެވެ. ބިލާލު ބޯޖަހާލުން ފިޔަވައި އިތުރު އެއްޗެއް ނުބުންޏެވެ. އޭނާ މަޑުމަޑުން ގޮނޑިން ތެދުވެ ބޮޑުކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ.
ސޯފާގައި އިންދާ ބޮޑުކޮޓަރިއަށް ވަދެވެން ހުރި މައިދޮރުގެ ބެލް ޖަހާލި އަޑު އިވުނެވެ. އެއާއެކު ގޭގައި ގެންގުޅޭ ކުއްޖަކު އައިސް ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަން އަރްސަލްއަށް އެއްޗެއް ނުބުނެވެނީސް ބޮޑުކޮޓަރީގެ ސޯފާތައް ކައިރީ ހުރި ބިލާލު ފެނިއްޖެއެވެ. ހަލުވިކޮށް އައި ބިލާލުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވުމާއެކު ދަރިފުޅަށް ގޮވާލިއެވެ. ކިހިނެއްތޯ އަހާލިއެވެ.
"ރަނގަޅު" އަރްސަލް މާބޮޑު އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ.
"ހިނގާ ސްޓަޑީރޫމަށް... އާދޭ" ބިލާލު ސިޑިއާ ދިމާއަށް ހިނގައިގަންނަންމުން ބުނެލިއެވެ. އަރްސަލް އޭނާގެ ފަހަތުން އައެވެ. އެ ގޭގެ ފަރުނީޗަރު ބަދަލުވުން ފިޔަވައި އިމާރާތައް މާ ބޮޑު ބަދަލެއް އައިސްފައެއްނެތްކަން އަރްސަލްއަށް ފާހަގަވިއެވެ. ބިލާލުގެ ފަހަތުން އައި ނަމަވެސް ސްޓަޑީ ހުންނަނީ ކޮންދިމާއަކުކަން އަރްސަލްއަށް އެނގެއެވެ. އަރްސަލް ނުރުހުނަސް އޭނާގެ ޅައިރުގެ ހަނދާންތައް ވަނީ އެގެއާ ގުޅިފައެވެ.
"އިށީނދޭ" ސްޓަޑީގެ ދޮރު ލައްޕާލުމަށްފަހު ބިލާލު އައިސް މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން ކަނާއަތް ފަރާތުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށް ބުނެލިއެވެ. ބަހެއްނުބުނެ އަރްސަލް އެ ގޮނޑީގައި އިށީނެވެ.
"ދަރިފުޅު ބައްޕައަށް ނަފުރަތު ކުރާނީ ސަބަބަކާލައިގެންކަން ބައްޕައަށް ވެސް އެނގޭ، މިރޭ ހުރިހާ ކަމެއް އެނގެން ބައްޕަ ބޭނުން، ބައްޕައަށް ގޯސްކޮށް ކަމެއްކުރެވުނިއްޔާ ކުރެވުނީ ކޮންކަމެއްކަން އަރްސަލްވާނެ ބުނަން... ތި ހިތުގައި ސުވާލެއްވާނަމަ މިރޭ ކުރަންވީ... ބައްޕަ ބޭނުމެއްނޫން މި ދެމެދުގައި ނަފުރަތުކަމެއް އޮންނާކަށް، ވަރަށް ގިނަ ދުވަހު މިގޮތަށް ތިބެވިއްޖެ، އެކަމަކު މި ގުޅުން ބަދަލެއްނުވި، މީއެއްނޫން ބައްޕައާއި އަރްސަލްއާ ދެމެދު އޮންނަން ބައްޕަ ބޭނުންވާ ގުޅުމަކީ، ބައްޕަ އަބަދުވެސް އަރްސަލްދެކެ ލޯބިވަން... އަރްސަލްއާ މެދު ވިސްނަން.... ހުރިހާ ކުދީންދެކެ ލޯބިވާ ފަދައިން އަރްސަލްއަކީ ބައްޕައަށް މުހިންމު ދަރިއެއް، ބައްޕަގެ ދޮށީ ދަރިފުޅު... ދަރިފުޅަކީ މުހިންމު މީހެއްނޫންހެން ހީވާފަދަ ކަމެއް ބައްޕައަށް އެނގިގެން ނޯންނާނެ ކޮއްފައެއް، އަރްސަލް! ތިހެން ނީނދެ ބައްޕައާ ވާހަކަދައްކަބަލަ، ވާހަކަދައްކާކަށްނޫންތަ އައީ؟ ދަރިފުޅު އަހަން ބޭނުންވާ އެއްޗެއް އަހާ" ބިލާލުގެ އަޑުގައިވަނީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެވެ.
"މަންމަދެކެ ލޯތްބެއްނުވަމެއްނު" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ.
"ކީއްވެ އަރްސަލްއަށް ތިހެން ހީވީ؟ އަނީޤާއަކީ އަހަރެންގެ ފުރަތަމަ އަނބިމީހާ، އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމަ، އަހަރެން އޭނާއާ ކައިވެނިކުރީ ލޯބިން، އެކުގައި އުޅެން ބޭނުންވެގެން... އަރްސަލް ދުށިންތަ ބައްޕަ ދުވަހަކުވެސް މަންމަ ނުރުހޭ ކަމެއް ކުރަނިކޮށް، މަންމައަށް އަނިޔާއެއްކުރަނިކޮށް" ބިލާލު އިނީ ކެތްތެރިކަން ޚިޔާރުކޮށްގެންނެވެ. ދަރިފުޅުގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ކިލަނބުކަން އޮޅުންފިލާތޯއެވެ.
"އަޅުގަނޑަށް ފެންނަ ހިސާބުގައި އެފަދަ ކަމެއް ނުކުރާނެކަން އެނގޭ، ކީއްވެ މަންމަ ދަންޖެހެންވީ... އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަނަމަ، މަންމަ ހިތްހަމަޖެހިފައި ހުރިނަމަ ކީއްވެ ދަންޖެހި އަމިއްލައަށް މަރުވީ، އެވވަރުގެ ކަމެއް މަންމަ ކުރަން ޖެހޭނީ ކޮންމެވެސް މަޖުބޫރެއްވެގެން" ގަސްދަކާނުލާ ވެސް އަރްސަލްގެ އަޑުގައި ނުރުހުމާއި ހަރުކަށިކަން އެކުލެވިގެންދިޔައެވެ. (ނުނިމޭ)