ހަބަރު

ފިޔޯރީ ފަޅުތެރޭގައި ދިވެއްސަކު މަރުވެފައި އޮތްވާ ފެނިއްޖެ

ގދ ފިޔޯރީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އައްޑޫ ސިޓީ ފޭދޫގެ "ހަޒާނާ" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެކެވެ. އައްޑޫ ސިޓީ ފޭދޫ، ސްކައިނެޓް، އިބްރާހިމް ސައީދު، ނަމަކަށް ކިޔާ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މީގެ ސާޅީހަކަށް މިނިޓް ކުރިންނެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް ޝުޒާމް ސޯލިހް "އަވަސް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަރުވެފައި އައްވައި ފެނުނު މީހަކީ އެރަށު ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ފަޅުވެރިއެއް ކަމަށެވެ. އެމީހާ މަރުވެފައި އޮއްވާ ފެނުނީ، ފެންވަރަން މޫދަށް ފޭބިފަހުން ނުފެނި ގިނައިރުވެގެން ހޯދަމުން ދަނިކޮށް ދޯންޏާ ވަރަށް ކައިރިން ފަޅުތެރޭގައި 30 ވަރަކަށް ފޫޓު އަޑީގައި އޮއްވައި ކަމަށެވެ. ޝުޒާމް ވިދާޅުވި ގޮތުން، އޭރުވެސް އަބްދުﷲ ސައީދު އޮތީ މަރުވެފަ އެވެ.

"ފެނުނު އިރުވެސް މީހާ އޮތީ ނޫވެ، އަނގައިން ފޮނުވެސް ބޭރުވެފަ. ބޮޑަށް ލަފާކުރެވެނީ ނެގިއިރުވެސް މަރުވެފައި އޮތް ކަމަށް، އެކަމަކުވެސް ނަގައިގެން މަޑުނުވެ ނޭވާލާތޯ ފަސްޓްއެއިޑް ވެސް ދިން ދޯނި މަތީގައި" ޝުޒާމް ވިދާޅުވި އެވެ.

މަރުވެފައިވާ މީހާ މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައި ބާއްވާފަ އެވެ.