ހަބަރު

ސިޔާސީ ހަޔާތެއް ބިނާކުރަން ރައީސް ޔާމީން އަތުގައި ހިފާނީ މޮޔައެއް: އަމީތު

Jul 8, 2018
18

ސިޔާސީ ހަޔާތެއް ބިނާ ކުރެވިދާނެ ކަމަށް ހީއްކޮށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހިފާނީ މޮޔައެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އަމީތު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސިޔާސީ ހަޔާތެއް ބިނާ ކުރެވިދާނެ ކަމަށް ހީއްކޮށް ރައީސް ޔާމީންގެ އަތުގައި ހިފާނީ މޮޔައެއް ކަމަށެވެ. އަދި ވިދާޅުވީ، ކެމްޕެއިން ނިމުމުން ނިމުނީ ކަމަށާއި ބޭނުންކޮށްފަ އެއްލާލާނެ ކަމަށެވެ.

އަމިތުގެ ޓްވީޓް އަމާޒުކޮށްފައިވަނީ، ރައީސް ޔާމީންގެ ނިންމޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

ރަނިންމޭޓަކަށް ޝަހީމް އައްޔަން ކުރުމުން އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުން ނެވެ.

ރަނިންމޭޓަކަށް ވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ޓްވީޓްގައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ އިލްމްވެރިންނާއި ޒަމާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ރޭ އިއުލާން ކޮށްފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކަށް ކުރިމަތިލާން މިއަދު ޖުމްހޫރީ ޕާޓީން އިއުލާން ކުރާނެ އެވެ.